logo

ހުރުމުޒް ކަނޑު އޮޅި ސަރަހައްދުން އަނެއްކާވެސް ހަމަލާދީފި!

profile

ރިޟްވާން މޫސާ - 04 މޭ 2026 - 13:37

ހުރްމުޒް ކަނޑުއޮޅި ކައިރިން ގިނަ ޢަދަދެއްގެ ކުދި ބޯޓުތަކަކުން ބަލްކް ކެރިއަރަކަށް ޙަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަނޑުމަގުން ކުރާ ވިޔަފާރި ބަލަހައްޓާ އިދާރާ، ޔޫކޭއެމްޓީއޯއިން ބުނެފިއެވެ.

https://wamco.com.mv/

ޔޫކޭއެމްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން އެ ބަލްކު ކެރިއަރަށް ޙަމަލާ ދީފައި ވަނީ އީރާނުގެ ސިރިކްއާ 20 ކިލޯމީޓަރު ބޭރުން ކަމަށެވެ. ބަލްކު ކެރިއަރުގައި ތިބި ފަޅުވެރިންގެ ޙާލު ރަނގަޅު ކަމަށް ޚަބަރު ލިބޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހުރުމުޒް ކަނޑުއޮޅި އަކީ އީރާނުގެ ސީދާ ބެލުމުގެ ދަށުގައި އޮންނަ އެގައުމުގެ ބާރު ހިނގާ ސަރަހައްދެކެވެ. މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން އީރާނުން ވަނީ ހުރުމުޒް ކަނޑު އޮޅި މުޅިން ބަންދުކޮށްލާފަ އެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ ތަކަކީ އެމެރިކާ އިން ރޭވުމެއްގެ ތެރެއިން ދީފައިވާ ހަމަލާތަކެކެވެ. މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގައި ވެސް ވަނީ މިފަދަ ހަމަލާތަކެއް ހުރުމުޒް ކަނޑުއޮޅިން ދަތުރު ކުރި ބޯޓުތަކަކަށް ދީފަ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގައި ސުލްހައިގެ މަޝްވަރާތަކަށް ފަހު ހަނގުރާމަ މެދުކެނޑިފައި ވަނިކޮށް އަލުން އީރާނަށް އެމެރިކާއިން ހަމަލާ ދީފިނަމަ ދިގުދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން އެމެރިކާ އަށް ވަނީ ދީފަ އެވެ.

އިސްވެ އީރާނަށް ހަމަލާ ދޭން ފެށީ ވެސް އެމެރިކާ އާއި އިޒްރެއިލުންނެވެ. ނަމަވެސް އީރާނުން ވަނީ އެގައުމުގެ ހަމަލާތައް ވަރުގަދަ ކޮށް ހަނގުރާމަ އިގައި ޔަހޫދީންނާއި، އެމެރިކާ ބަލިކޮށްފަ އެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދެ މަސްދުވަހަށް ދެމިގެން ގޮސްފައިވާއިރު، ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ.

މީގެ ސަބަބުން ތެލުގެ އަގު 126 އެމެރިކާ ޑޮލަރަށް އުފުލި، ބައިނަލްއަޤުވާމީ އިޤުތިޞާދީ ހީނަރުކަމެއްގެ ބިރު ބޮޑުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ނިމުމުން ތެލުގެ އަގު ވެއްޓިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އެޕްރީލު 8 އިން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ޙިޞާރުގެ ރައްދުގައި އީރާނުން ދަނީ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk