logo

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 13:27

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީގެ ހިދުމަތް ތަޢާރަފުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

https://wamco.com.mv/

އެ ކުންފުނިން ހާމަކުރި ގޮތުގައި، "މޯލްޑިވްސް ޑިއުޓީ ފްރީ" ގެ ބްރޭންޑްގެ ދަށުން މި އޮޕަރޭޝަންތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އައު ޓަރމިނަލްގައި މަތީ ފަންތީގެ ޑިއުޓީ ފްރީއެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ލަގްޒަރީ ރީޓެއިލް ވިޔަފާރީގެ ޚިދުމަތް ތަޢާރަފުކުރުމެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ދެކުނުގެ ވިޔަފާރިތަކަށް އައު ފުރުޞަތުތަކެއް ހުޅުވި، ސަރަޙައްދީ އިޤްތިޞާދީ ދުވެލި ބާރުވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ދެކެއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އިގްތިޞާދު ފުޅާކޮށް، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

މި ހިދުމަތާއެކު، ދެކުނުގެ އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަޤުވާމީ އައު އެއަރލައިންތަކުގެ ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް މަގުފަހިވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk