logo

ނިޢަމް ރެސިޑެންސް މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދޭނީ އެފްޑީސީން

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 11:59

ހައްޖު ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން

ހައްޖު ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ޙިދުމަތްތައް އެފްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ.

އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، ކޯޕަރޭޝަނުން ދަނީ އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވި، އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއްކަމަށާއި އެހެންކަމުން، މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.

https://int.etukuri.mv/
tel:+9607331319