logo

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލްގެ ނަމުގައި ސްކޭމް ކޯލްތަކެއް

profile

ޝާމާ ޝުޢައިބު - 12 އޮކްޓޯބަރު 2024 - 11:02

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްްމަދު ޝަކީލްގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެދެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ އޭނާގެ ނަމުގައި ދިވެއްސަކު އެކި ފަރާތްތަކަށް ގުޅައި ފައިސާ ހޯދަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް އެ ނަންބަރުން ސްކޭމް ކޯލްތަކެއް ކުރަމުންދާ ކަމަށާ ޝަކީލްގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް އެދޭ ކަމަށެވެ. ޝަކީލް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުން އަންނަ އިރު، ވޭތުވެދިޔަ އަހަރު ސްކޭމާ ގުޅުންހުރި 1,661 މައްސަލަ ރިޕޯޓުކުރެވިފައި ވާއިރު، އޭގެ ޖުމްލަ އަގު 20 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 1,302 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާކަން ފުލުހުން ކުރިން ހާމަކޮށްފައި ވެއެވެ.

ސްކޭމް މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ވަރަށް އަވަހަށް ސްކޭމް ސެންޓަރެއް ހުޅުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު އިތުރުވެ އެކި ޕްލެޓްފޯމްތަކުގައި ފުލުހުން އަންނަނީ މިކަމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށްޓަކައި ފޭސްބުކް، އިންސްޓަގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައްވެސް ދަނީ ޝެއާކުރަމުންނެވެ. ދި އެކި ކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދާދިފަހުން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ އަށް މަސް ތެރޭގައި އެކަނި ވެސް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވަރކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހުރިހާ ފައިސާ އަކީ ވެސް ސްކޭމް މެދުވެރިކޮށް މީހުން ފޭރިފައިވާ ފައިސާ ކަމަށް ފުލުހުން އޭރު މައުލޫމާތު ދީފައި ވެއެވެ.

https://wamco.com.mv/
tel:+9607331319