logo

އިމިގްރޭޝަން ޔުނީފޯމާ ވައްތަރު ހެދުމެއްގައި ބަޔަކު ސްކޭމެއް ހިންގަނީ؛ ސަމާލުވޭ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 12:13

އިމިގްރޭޝަން

އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމާއި ވައްތަރު ޔުނީފޯމެއް އަޅައިގެން ތިބޭ ބަޔަކު ސްކޭމެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އެދިއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު 'އެކްސް'ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ސްކޭމް ހިންގަމުންދަނީ 'ވަޓްސް އެޕް" މެދުވެރިކޮށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

އެ އިދާރާއިން ވަނީ އެއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ސްކޭމްގެ 1302 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މީގެކުރިން ބުނެފަ އެވެ. އެ ހިދުމަތުން ބުނި ގޮތުގައި މިދިޔަ އަހަރު 1661 ސްކޭމްގެ މައްސަލަ ހުށަހަޅާފައިވެ އެވެ.

https://wamco.com.mv/
tel:+9607331319