logo

އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު 45 މީހަކު ހުއްޓުވައިފި

profile

އައިޝަތު އިނާޝާ - 09 އޮކްޓޯބަރު 2024 - 17:04

ފޮޓޯ: ސޯޝަލް މީޑިއާ

ފޮޓޯ: ސޯޝަލް މީޑިއާ

މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން އެތެރެވާން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ވަނީ މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރައްވާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފައެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

17 ނޮވެމްބަރ 2023 އިން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތައް:

- ފޭކު ރެސިޑެންޓް ކާޑު: 1

- ފޭކު ޕާސްޕޯޓު: 31

- ފޯޖުކޮށްފައިވާ ޕާސްޕޯޓު: 1

- ވުޖޫދުގައި ނެތް ޤައުމެއްގެ ޕާސްޕޯޓު: 1

- ފޭކު އައިޑީ: 2

- ޝަހްސު އޮޅުވާލުން: 5

- ފޭކު ސްޓޭމްޕް: 4

- ފޭކު ވިސާ: 2

- ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުން: 3

މަޢުލޫމާތު އޮޅުވައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެނެގަނެ އެ މީހުން ހުއްޓުވުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

https://wamco.com.mv/
tel:+9607331319