logo

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ދެ ބިދޭސީން ޑީޕޯޓްކޮށްފި

profile

ޝުރުފާ މުހައްމަދު - 29 ސެޕްޓެމްބަރު 2024 - 16:21

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި މީހުންގެ ތެރެއިން އެކަކު--- ފޮޓޯ: އިމިގްރޭޝަން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި މީހުންގެ ތެރެއިން އެކަކު--- ފޮޓޯ: އިމިގްރޭޝަން

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މިމަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްފި އެވެ.

އެ ދެމީހުންނަކީ ޑޮލަރު ވިއްކާ މައްސަޅާގައި މި މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރި 5 މީހުންގެ ތެރެއިން ދެމީހުންނެވެ. އިމިގްރޭޭޝަނުން ބުނީ އެ ދެމީހުން މިދިޔަ ހަފްތާ ތެރޭގައި ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރަށް މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމަކުރެވޭނީ ލިޔެކިޔުމުގެ މަސައްކަތް ނިމުމުން ކަމަށް އިމްގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުން އޭރު ހާމަކޮށްފައިވެ އެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާންމުކޮށްފަ އެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ބިދޭސީންކުރަމުންދާކަމީ އާއްމުންގެ ދުވަސްވީ ބޮޑު ކަންބޮޑުވުމެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުންދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާ ފަދަ ގޮތަކަށް ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތު ނުދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319