logo

3 މަސްތެރޭ ބިދޭސީންނާ ގުޅޭ 840 މައްސަލަ އިމިގްރޭޝަނަށް ހުށަހެޅި

profile

ޝުރުފާ މުހައްމަދު - 17 އޮކްޓޯބަރު 2024 - 11:36

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ 840 މައްސަލަ މިދިޔަ ތިން މަސް ތެރޭގައި ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް އިމިގްރޭޝަން ވޮޗްގެ ނަމުގައި ޕޯޓަލެއް ހުޅުވީ މިދިޔަ ޖުލައި މަހުގައެވެ.

މިދިޔަ ޖުލައިމަހުން ފެށިގެން މިހާރު ތިން މަސްވެފައި ވާއިރު، އިމިގްރޭޝަން އިން މިއަދު އަންމުކުރި މައުލޫމާތުގައިވާގޮތުން ތިން މަސް ތެރޭގައި ޖުމްލަ 840 މައްސަލަ ހުށަހަޅާފައި ވެއެވެ. އޭގެ ތެރެއިން 596 މައްސަލަ ބަލާފައިވާއިރު 70 މައްސަލަ އަންނަނީ ވެރިފައި ކުރަމުންނެވެ. އަދި 174 މައްސަލަ ވެރިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އިމިގްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލަތަކުުގެ ތެރެއިން ގިނައީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ މައްސަލައެވެ. އެފަދަ 221 މައްސަލަ ހުށަހަޅާފައި ވެއެވެ. ވިސާ ވަޔޮލޭޝަންގެ 206 މައްސަލަ ހުށަހަޅާފައިވާއިރު، ހަށިވިއްކުމުގެ 50 މައްސަލަ ހުށަހަޅާފައި ވެއެވެ.

މީގެ އިތުރަށް ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 7 މައްސަލަ އިންސާނީ ވަގުފާރި 7 މައްސަލަ ހުށަހަޅާފައި ވެއެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި 9 މައްސަލަ އަދި ޓުއަރިސްޓް ވިސާ ވަޔޮލޭޝަންގެ 10 މައްސަލަ ހުށަހަޅާފައިވެ އެވެ.

ރާއްޖޭގައި ހަވާއިދާ ޙީލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

https://wamco.com.mv/
tel:+9607331319