logo

ބާސެލޯނާ މޮޅުކޮށްދިނީ ރަފީނިއާގެ ހެޓްރިކުން

profile

ހަފްސީ އަބްދުﷲ - 24 އޮކްޓޯބަރު 2024 - 02:30

މެޗުގައި ހެޓްރިކް ހެދުމަށްފަހު ރަފީނިއާ އިޝާރާތުން ދައްކާލަނީ: ފޮޓޯ-ބާސެލޯނާ

މެޗުގައި ހެޓްރިކް ހެދުމަށްފަހު ރަފީނިއާ އިޝާރާތުން ދައްކާލަނީ: ފޮޓޯ-ބާސެލޯނާ

ވިނީޝިއުސްގެ ހެޓްރިކުން ރެއާލް މެޑްރިޑް މޮޅުކޮށްދީފައި ވަނިކޮށް, ރަފީނިއާގެ ހެޓްރިކުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާވެސް މޮޅުކޮށްދީފިއެވެ.

https://wamco.com.mv/

ރަފީނިއާގެ ހެޓްރިކާއެކު ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބާސެލޯނާ ހޯދީ ބޮޑު މޮޅެކެވެ. މެޗު ބާސާއިން ކާމިޔާބުކުރީ 4-1 ނެވެ. މެޗުގެ 56 ވަނަ ސިކުންތުގައި ކެޕްޓަން ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑް ނަގައިދީފައެވެ. މިއީ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ އެންމެ އަވަސް ގޯލެވެ. އެކަމަކު 18 ވަނަ މިނިޓްގައި ހެރީ ކޭން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ކުރިން ބަޔާން އަށް ލިބުނު ޕެނަލްޓީއެއް ކޭން އަތުން ނާކާމިޔާބު ވިއެވެ.

ހާފް ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ބާސެލޯނާއަށް ކުރި ހޯދައިދިނީ ލެވަންޑޮސްކީ އެވެ. 36 ވަނަ މިނިޓްގައި އޭނާ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ފާމިން ލޮޕޭޒް އެވެ. ފުރަތަމަ ލަނޑު ރަފީނިއާ ޖެހީވެސް ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ރަފީނިއާގެ ދެވަނަ ލަނޑު އަދި ބާސާގެ ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައެވެ. އެއީ މާކް ކަސާޑޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ރަފީނިއާ ސީޒަންގެ ދެވަނަ ހެޓްރިކް ހެދީ ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓްގައި ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

މިސީޒަން ފެށުމުގެ ކުރިން ރަފީނިއާ ވިއްކާލަން އުޅޭ ވާހަކަތަކެއްވެސް ދެކެވުނެވެ. ނަމަވެސް އޭނާ ކްލަބްގައި މަޑުކުރުމުގެ ހިތްހަމަ ޖެހުން ކޯޗު ހަންސީ ފްލިކަށް މިހާރު އެބައޮތެވެ. ރޭގެ ހެޓްރިކާއެކު ރަފީނިއާ ވަނީ މިސީޒަންގައި 13 މެޗުން 9 ގޯލް ޖަހާފައެވެ.

ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅޭ ބަޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay