logo
ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ލަސް ޕަލްމަސް އިން އުފާފާޅުކުރަނީ: ފޮޓޯ-ލަސް ޕަލްމާސް

ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ލަސް ޕަލްމަސް އިން އުފާފާޅުކުރަނީ: ފޮޓޯ-ލަސް ޕަލްމާސް

ލަސް ޕަލްމާސް އިން ބަސެލޯނާގެ އަހަރީ ދުވަސް ހަރާބު ކޮށްލައިފި

profile

ހަފްސީ އަބްދުﷲ - 30 ނޮވެމްބަރު 2024 - 17:27

ލަސް ޕަލްމާސް އިން ބަސެލޯނާގެ 125 ވަނަ އަހަރީ ދުވަސް ހަރާބު ކޮށްލައިފި އެވެ. ހުކުރު ދުވަހު 125 އަހަރު ފުރުނު ބާސެލޯނާގެ އުފާވެރިކަން ލަސް ޕަލްމާސް އިން ހަރާބުކޮށްލީ ލީގުގައި މިއަދު 2-1 ން ބަލިކޮށްގެންނެވެ.

https://wamco.com.mv/

މެޗަށް ނިކުއިންއިރު ސްޕެނިޝް ލަލީގާ ތާވަލްގެ 17 ވަނައިގަ އޮތް ލަސް ޕަލްމާސް އިން މެޗުގައި ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސަންދްރޯ ރަމިރޭޒް ޖެހި ލަނޑުންނެވެ. އޭގެ 11 މިނިޓް ފަހުން ޕެޑްރީ ތަނަވަސްކޮށްދިން ފުރުޞަތަކުން ރަފީނިއާ ލަނޑު ޖަހާ ބާސެލޯނާ އަށް އެއްވަރު ކޮށްދިނެވެ. ލަސް ޕަލްމާސް އިން ބާސެލޯނާ ސިއްސުވާލީ އޭގެ ފަސް މިނިޓް ފަހުން ފަބިއޯ ސިލްވާގެ ލަނޑުން ދެވަނަ ފަހަރަށް ކުރި ހޯދައިގެންނެވެ. މިއީ ވުލްވްސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ލަސް ޕަލްމާސް އަށް ކުޅެމުން އަންނަ ފަބިއޯ ސިލްވާ ލީގުގައި ޖެހި ފަސްވަނަ ލަނޑެވެ.

undefined

މެޗު ފެށުމުގެ ކުރިނ ބާސެލޯނާގެ ފުރަތަމަ އެގާރަ ކްލަބްގެ އާ މެސްކޮޓާއެކު: ފޮޓޯ-ބާސެލޯނާ

ބާސެލޯނާގެ ދަނޑުގައި ލަސް ޕަލްމާސް އިން މިހޯދި މޮޅާއެކު އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށްގެންދަން އޮތް ހަރަކާތްތައްވެސް މެޗަށްފަހު ނުގެންދެއެވެ. ބާސެލޯނާއިން ވަނީ އެމީހުންގެ އާ މެސްކޮޓްވެސް ތައްޔާރުކޮށްފައެވެ. ލީގު ތާވަލްގެ އެއްވަނައިގަ އޮތް ބާސެލޯނާ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ނުވެއެވެ. ލަސް ޕަލްމާސް އަތުން ބަލިވިޔަސް މިއީ މިސީޒަންގެ ލީގުގައި ބާސެލޯނާއިން އިދިކޮޅު ގޯލަށް އެންމެ ގިނަ ޝޮޓް ފޮނުވާލި މެޗެވެ. މިއީ ބައިގަރުނުގެ ތެރޭގައި ލަސް ޕަލްމާސް އަށް ބާސާގެ ދަނޑުގައި ކުރިހޯދުނު ފުރަތަމަ މެޗެވެ.

ބާސެލޯނާގެ ބައްޔާ ގުޅިގެން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ ރެއާލް މެޑްރިޑަށެވެ. މާދަމާރޭ ގެޓާފޭ ބަލިކޮށްގެން, ފަރަގު ޕޮއިންޓަކަށް ކުޑަކުރެވޭނެއެވެ. އަދި މެޗުގެ އަދަދު ހަމަކޮށްގެން ތާވަލްގެ އެއްވަނައަށް ދިއުމުގެ އަމިއްލަ ބާރު ރެއާލް މެޑްރިޑަށް މިހާރު އެބައޮތެވެ. ބާސާ ވަނީ ރެއާލް އަށްވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay