logo
ލަނޑުޖެހުމަށްފަހު ރޮދްރީގޯ އާއި ބެލިންގހަމް އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

ލަނޑުޖެހުމަށްފަހު ރޮދްރީގޯ އާއި ބެލިންގހަމް އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑަށް ފުރުޞަތުގެ ބޭނުމެއް ނުކުރެވުން, މެޗު އެއްވަރު

profile

ހަފްސީ އަބްދުﷲ - 15 ޑިސެމްބަރު 2024 - 04:49

މެޗުން މޮޅުވެ, ލަލީގާ ތާވަލްގެ އެއްވަނަ އަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

https://wamco.com.mv/

ރެއާލް އަށް ފުރުޞަތު ގެއްލުނީ ރަޔޯ ވަޔެކާނޯ އަތުން މޮޅުނުވެވުމުްނެވެ. މެޗުން މޮޅުވެގެން ލީގު ތާވަލްގެ އެއްވަނަ ލިބެން އޮތަސް މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ. މިނަތީޖާގެ ސަބަބުން މިވަގުތު އެއްވަނައިގަ އޮތް ބާސެލޯނާއާ މެޗުގެ އަދަދު އެއްވަރުވިއިރު ދެޓީމްގެ މެދުގައި ޕޮއިންޓެއްގެ ފަރަގެއް އެބައޮތެވެ. ބާސާ އެއްވަނައިގަ އޮތީ 17 މެޗުން 38 ޕޮއިންޓާއެކުއެވެ. ރެއާލް އޮތީ 37 ޕޮއިންޓާއެކުއެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑޔ ޖަހާ ކުރި ހޯދީ ރަޔޯ ވަޔެކާނޯ އިންނެވެ. އެމީހުންގެ ދަނޑުގައި ކުޅުނު މެޗުގެ 4 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ އުނައީ ލޮޕޜޭޒް އެވެ. 36 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހައިދިނީ މޫމިން އެވެ. ރެއާލްގެ ފުރަތަމަ ލަނޑު ފެނުނީ އޭގެ ދެ މިނިޓް ފަހުންނެވެ. ގުލާ ތަނަވަސްކޮށްދިން ފުރުޞަތަލުން ފުރަތަމަ ލަނޑޔ ޖެހީ ފެޑެރީކޯ ވަލްވާޑޭ އެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ބެލިންގހަމްއެވެ. ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުޞަތުން ބެލިންގހަމް ޖެހި ލަނޑާއެކު ވިދިވިދިގެން ހަވަނަ މެޗުގައި އޭނާ ލަނޑު ޖެހީއެވެ. ރެއާލްއިން މެޗުގެ 56 ވަނަ މިނިޓްގައި ލީޑް ނެގިއެވެ. ލީޑް ނަގައިދިނީ ގުލާ ތަނަވަސްކޮށްދިން ފުރުޞަތަކުން ރޮޑްރީގޯ އެވެ. އެކަމަކު އެލީޑް ދެމިއޮތީ 64 ވަނަ މިނިޓާ ހަމައަށެވެ. ރަޔޯ ވަޔެކާނޯ އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ އިސީ ޕަލަޒޮންއެވެ. މެޗުން މޮޅުވާން ރެއާލްގެ ވިނީޝިއުސްއަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. ބަދަލަކަށް ނިކުމެ އޭނާ ފޮނުވާލި ބާރު ބޯޅަ ކީޕަރު އަތުން ޖައްސާ ބޭރުކޮށްލީއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay