logo

ޑިވެލޮޕްމެންޓް ބޭންކުގެ ވެރިންނަށް ބޭރުގެ ދެ ތަޖުރިބާކާރުން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 12:36

ޑިވެލޮޕްމެންޓް ބޭންކްގެ ވެރިންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ

ޑިވެލޮޕްމެންޓް ބޭންކްގެ ވެރިންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ

ތަރައްގީގެ ބޭންކް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ވެރިންގެ ގޮތުގައި ބޭރުގެ ދެ ތަޖުރިބާކާރުން ހަމަޖައްސައިފި އެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކުގެ ޗެއާޕާސަން އަރޫނީ ގޫނެޓިލެކޭ އާއި ސީއީއޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އާއި މިއަދު ބައްދަލުކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ތިން ބޭފުޅުން ވެސް މަޝްވަރާ ކުރެއްވީ ރާއްޖޭގެ އިގްތިސޯދު ހަރުދަނާކޮށް ސިންދަފާތު ކުރުމާ ގުޅިގެން ނެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ޗެއާޕާސަން އަރޫނީއަކީ މާލީ ހިދުމަތްތަކުގެ ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގްލޯބަލް ފައިނޭންޝަލް މާކެޓުތަކާއި ވިޔަފާރި ހިންގުމުގެ ނިޒާމައި ކްރެޑިޓް އެސެސްމެންޓުގެ އިތުރުން ކުރިއަރަމުންދާ މާކެޓުތަކުގެ ރިސްކު މެނޭޖްމެންޓްގެ ވެސް ތަޖުރިބާކާރެކެވެ.

އެ ބޭންކުގެ ސީއީއޯއަކީ ސައުދީ އަރަބިއްޔާގެ އިންފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އޭޝިއާގައި ހިންގަމުންދާ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

https://wamco.com.mv/
tel:+9607331319