
މިއަހަރުގެ ފުރަތަމަ 3 މަހު ރާއްޖެއަށް 4880 ބައިނަލްއަގްވާމީ ދަތުރުކޮށްފައިވޭ: އެމްއެމްއޭ

މުޙައްމަދު ފަޟްލޫން - 11 މޭ 2025 - 07:10
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ބައިނަލްއަގްވާމީ 4880 ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޖުމްލަ 4،880 ދަތުރު ވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4628 ދަތުރެވެ. އެހެންކަމުން މިއީ %5.4 އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި އެއަރލައިންތަކުން ރާއްޖެއަށް 4،444 ޝެޑިއުލް ދަތުރުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4،141 ޝެޑިއުލް ދަތުރެވެ. މިއީ %7.3 އިތުރު އަދަދެކެވެ.
ފުރަތަމަ 3 މަސްދުވަހު ޖެނެރަލް ފްލައިޓްސް މޫމަންޓްސް ވަނީ ދަށްވެފައެވެ.
ފުރަތަމަ ތިން މަސްދުވަހު ޖެނެރަލް ފްލައިޓްސް މޫމަންޓްސް އުޅެނީ 436 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖެނެރަލް ފްލައިޓް މޫމަންޓްސްއަކީ 487 ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ބަލާއިރު މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 866،462 ފަތުރުވެރިން ވަނީ އައިސްފައެވެ.
މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8 އިތުރު އަދަދެކެވެ. އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،877 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުުރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން