logo

އުލިގަމުން ބީލަން އުސޫލުން ބިން ވިއްކުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 03 އޯގަސްޓު 2026 - 12:54

ހއ. އުލިގަމުން ބީލަން އުސޫލުން ބިން ވިއްކުމަށް އެ ރަށު ކައުންސިލުން ދެވަނަ ފަހަރަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ފަހަރު އުލިގަމުން ވިއްކުމަށް ހަމަޖެހިފައިވަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިމެވެ. އުލިގަން ކައުންސިލުން ބިން ވިއްކުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ނަމަވެސް އެ ފަހަރު އެއްވެސް ފަރާތަކުން ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައި ނުވާތީ، ކައުންސިލުން މިހާރު ވަނީ އަލުން އެ ފުރުސަތު ހުޅުވާލައި އިއުލާނު ކޮށްފައެވެ.

ބީލަން އުސޫލުން މި ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު އުލިގަން ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވާ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގައި އުލިގަން ކައުންސިލް އިދާރާގައެވެ.

މި ބިންތައް ވިއްކުމަކީ ރަށުގެ ތަރައްގީއަށާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319