logo

ލާމާފަރު ފެސްޓިވަލުން ކިޔާދިނީ ކަނޑުގެ މުއްސަނދިކަމާއި ތިމާވެށީގެ ރައްކާތެރިކަން

profile

އާމިނަތު ޝަޒްލާ - 05 ސެޕްޓެމްބަރު 2026 - 14:21

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ސިކްސް ސެންސަސް ލާމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ލާމަފަރު ފެސްޓިވަލް" ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

https://wamco.com.mv/

ލ. ގަމު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ކުރިއަށްދިޔަ މި ފެސްޓިވަލަކީ، ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި ޖަމްޢިއްޔާތައް ހިމެނޭހެން 11 ފަރާތަކުން ގުޅިގެން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ޚާއްޞަ ޙަރަކާތެކެވެ.

ސިކްސް ސެންސަސް ލާމުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ކޯޑިނޭޓަރ ޢާއިޝަތު ފިތުރާ ފަޒީލް މީޑިއާއަށް ވިދާޅުވީ، މި އަހަރުގެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ "ޕްރޮޓެކްޓިންގ އަވަރ އޯޝަން ޓުގެދަރ" މި ޝިޢާރުގެ ދަށުން ކަމަށެވެ. އަދި މި ފެސްޓިވަލުގައި ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފެސްޓިވަލަކީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަލުން މި ފެސްޓިވަލް ބޭއްވިއިރު، ގިނަ އަދަދެއްގެ ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އާންމުންގެ ފަރާތުން ވެސް މި ހަރަކާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން ފިތުރާ ފާހަގަކުރެއްވިއެވެ.

މި ފެސްޓިވަލުގެ ތެރެއިން ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ވަނީ ތަފާތު އެކި ތީމްތަކަށް ޚާއްޞަ ސްޓޯލްތައް ތައްޔާރުކޮށްފައެވެ. އެގޮތުން، އެ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޕްރެޒެންޓޭޝަންތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔައިރު، ޒިޔާރަތްކުރި ކުޑަކުދިންނަށް ޚާއްޞަކޮށްގެން މަޖާ އަދި ތަޢުލީމީ އެކިއެކި ކުޅިވަރު ޙަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

https://wamco.com.mv/
tel:+9607331319