logo

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: އެ މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ

profile

އާމިނަތު ޝަޒްލާ - 09 އޯގަސްޓު 2026 - 06:40

ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިދިޔަ ބުދަ ދުވަހުގެ ރޭ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ދޯނި، ދިޔަވެ އަޑިއަށް ދާން ފެށުމުން އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ތިން މީހަކު ވަނީ ކަނޑަށް ގެއްލިފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި، ތ. މަޑިފުށި، ދޮންވެލި، މުހައްމަދު ހަމްދޫނާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.

އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއްވި ގޮތުގައި، ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ 8 މީހުން ތިއްބެވެ. އޭގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އޮޕަރޭޝަންގައި ރާއްޖެއާ ގާތް ގުޅުން އޮންނަ ބޭރުގެ ގައުމުތަކުގެ ފަންނީ އަދި ވަސީލަތްތަކުގެ އެހީތެރިކަން ހޯދުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގެއްލުނު މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ބޭރުގެ އެހީތެރިކަން ހޯދުމުގެ މައިގަނޑު ބޭނުމަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަނޑުގެ އަޑީގެ ސަރަހައްދުތަކާއި ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް ހަލުވިކުރުމެވެ.

https://wamco.com.mv/
tel:+9607331319