logo

3 ވުޒާރާއެއްގައި އަލިފާން ރޯވީ ކަރަންޓް ސޯޓް ވުމުގެ ސަބަބުން: ފުލުހުން

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 10:37

2024 ވަނަ އަހަރު މާލޭގައި 3 ވުޒާރާއެއްގައި އަލިފާން ރޯވީ ކަރަންޓް ސޯޓެއްގެ ސަބަބުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

ދައުލަތުގެ މުހިއްމު 3 ވުޒާރާއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގުމާއި ގުޅިގެން ފުލުހުން ވަނީ އެކަމުގެ ތަފްސީލް ހިމެނޭ ސީސީޓީވީ ފުޓޭޖް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.

12 ޑިސެންބަރު 2024 ގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ގެއްލުން ލިބުނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަށެވެ.

މި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ހައުސިންގ މިނިސްޓްރީގައެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، ފެތުރިގެން ދިޔުމުގެ ސަބަބުން އަނެއް ދެ މިނިސްޓްރީ ވެސް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ.

މި ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވީ ބަޔަކު ގަސްދުގައި ކޮށްގެން އުޅޭ ކަމެއްގެ ސަބަބުން ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ދެ ޓީމަކުން ވަކިން ތަހުގީގުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ދިވެހި ފުލުހުންގެ ޓީމުގެ އިތުރުން، މި ތަހުގީގަށް އެހީތެރިވުމަށް ރާއްޖެ އައި އިންޑިއާގެ ތަހުގީގީ ޓީމެވެ.

އިންޑިއާގެ ޓީމުން އެކުލަވާލި ތަހުގީގީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެންނެވެ. އަދި އެކަން ސާބިތުވާ މުހިއްމު ހެކިތަކެއް ފެންނަން އެބަހުރި ކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުން ވެސް އަލިފާން ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީ އާއި އިތުރު 2 މިނިސްޓްރީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގު ހާމަކޮށްފައިނުވާތީ މީގެކުރިން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައެވެ.

https://wamco.com.mv/
tel:+9607331319