logo
އެލްޖީއޭގެ ނަންބޯޑު---

އެލްޖީއޭގެ ނަންބޯޑު---

އެލްޖީއޭގެ ބޯޑު އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 30 އޮކްޓޯބަރު 2026 - 15:08

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވާ އިންތިހާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަން ހުށަހެޅުމުގެ ފުރުސަތު އެ އޮތޯރިޓީން ހުޅުވާލައިފިއެވެ.

https://wamco.com.mv/

އެލްޖީއޭއިން މައުލޫމާތު ދިން ގޮތުގައި، އިންތިހާބާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހާއްސަ ފޯމެއް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ. އަދި ހުށަހަޅާ ޝަކުވާތަކުގެ ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި އިންތިހާބުގެ ވޯޓުލުން މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި ވަގުތު ހަމަވާއިރު ކިޔޫގައި މީހުން ތިބިނަމަ، އެ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް އެލްޖީއޭއިން ކަށަވަރުކޮށްދެއެވެ. ޖުމްލަ 807 ފަރާތަކަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 625 ރަށު ކައުންސިލަރުންނާއި، 177 ރަށު ކައުންސިލާއި ފަސް ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީ ތަމްސީލުކުރާ 182 ރައީސުންނެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 19 ވޯޓުފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެލްޖީއޭގެ މައި އޮފީހާއި، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހިދުމަތް މަރުކަޒުތަކުގެ އިތުރުން ސ. ހުޅުދޫ އިޖުތިމާއީ މަރުކަޒުގައެވެ. މި ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާނީ އެލްޖީއޭ އާއި އެކި ރަށްރަށުގައި ހުންނަ ހިދުމަތް މަރުކަޒުތަކުގެ މުވައްޒަފުންނެވެ.

މީގެއިތުރުން، އިންތިހާބުކުރާ ދެ މަގާމަށް ހާއްސަކޮށްގެން ދެ ކުލައެއްގެ ވޯޓު ކަރުދާސް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ވޯޓުލުން ނިމި ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް ފެށޭނެ ކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ ރޭ އިއުލާނު ކުރުމަށް ވަނީ ނިންމައިފައެވެ.

https://wamco.com.mv/
tel:+9607331319