logo

ރުގުޔާ ކުރުމުގެ ނަމުގައި މަހާނަ ކޮނުމަކީ ދީނުގައި ހުއްދަކަމެއް ނޫން: މިނިސްޓަރު ޝަހީމް

profile

ޖިނާން ޙުސައިން ޖަބީން - 09 އޮކްޓޯބަރު 2026 - 08:50

ޝަރުއީ ރުގުޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮނުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި، އެއީ ދީނުގައި ހަރާމްކުރައްވާފައިވާ އަމަލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރުގުޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނުތަކަށް ވަދެ، މަހާނަ ކޮނެގެން ސިހުރު ހޯދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ބައެއް ފަހަރު ލިބެމުންދާ ކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލަކީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަން ނޫން ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަރުއީ ރުގުޔާގެ އަސްލު އޮޅުންފިލުވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރުގުޔާ ކުރުމަކީ ބަލިމީހާއަށް ޝިފާ ދެއްވުން އެދި ގުރުއާން ކިޔަވައި ގަޔަށް ފުމުމާއި، ފެނަށް ކިޔަވައިގެން ބޯންދިނުން އަދި ސުންނަތުން ސާބިތުވާ ދުއާތައް ކިޔެވުން ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް ރުގުޔާގެ ނަމުގައި ޝަރުއީ ހަމަތަކާ ހިލާފު، ނޭދެވޭ އެތައް ކަމެއް ބައެއް ފަރާތްތަކުން ކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިފަދަ އިސްލާމީ ޝަރީއަތާ ހިލާފު އަމަލުތަކުން ދުރުހެލިވެ، ރައްކާތެރިވުމަށް އިލްތިމާސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ބަލިތަކަށް ޝިފާ ދެއްވަނީ ހަމައެކަނި މާތްﷲ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުއާކުރުމާއި ބޭސް ބޭނުންކުރުން ފަދަ ކަންކަމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތް ކަމަށެވެ.

ކަންމިހެން އޮތުމުން ދީނުގައި ބަޔާންވެގެންވާ އިމުގެ ތެރޭގައި ސަބަބުތަކުގައި ހިފައިގެން ފަރުވާ ހޯދުމަށާއި، ސިހުރު ހޯދުމުގެ ނަމުގައި ގަބުރުސްތާނުތަކުގެ ހުރުމަތް ކެނޑުމާއި މަހާނަ ކޮނުން ފަދަ ޝަރުއީ ގޮތުން މަނާކުރައްވާފައިވާ ކަންކަމުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަށް މިނިސްޓާރު ޝަހީމް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

https://wamco.com.mv/
tel:+9607331319