
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
ލިބޭ އެންމެ ބޮޑު އުފަލަކީ އިސްލާމީ ކަންތައްތަކަށް ރައީސް ދެއްވާ އެއްބާރުލެއްވުން: މިނިސްޓަރު

ޝާމާ ޝުޢައިބު - 28 ނޮވެމްބަރު 2024 - 06:29
އަދުގެ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަކީ ލިބިލައްވާ އެންމެ ބޮޑު އުފާކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި އިސްލާމިކް މިނިސްޓްރީއާ، މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ބަލައިގަންނަ ކަމަށާ އެކަމާމެދު ނުހަނު އުފާ ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދަވާ އިސްލާމީ ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުން ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރިއާއި އަޅާކިޔާއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުކަމަށެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި މި ކޮންފަރެންސްއަކީވެސް އެފަދަ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު ކަންކަމާއިމެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ
ގަޑިއިރެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ގަޑިއިރެއް ކުރިން

ޕްރައިމަރީގައި ރަނިންމޭޓުން އިއުލާނުކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން
4 ގަޑިއިރު ކުރިން

ރުގުޔާ ކުރުމުގެ ނަމުގައި މަހާނަ ކޮނުމަކީ ދީނުގައި ހުއްދަކަމެއް ނޫން: މިނިސްޓަރު ޝަހީމް
5 ގަޑިއިރު ކުރިން


