
މިނިސްޓަރު މަރްޔަމް މާރިޔާ ގދ. އަތޮޅަށް
.jpeg&w=3840&q=75)
އައިޝަތު އިނާޝާ - 18 ފެބްރުއަރީ 2025 - 13:40
ގދ. އަތޮޅު ކައުންސިލްގެ ދަޢުވަތަކަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ އެ އަތޮޅަށް މިއަދު ވަޑައިނަވައިފިއެވެ.
މި ދަތުރުފުޅަކީ އެ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކާއި، ފަޅުރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން މި ދަތުރުފުޅުގައި ދަނޑުވެރިކަމުގެދާއިރާއިން އެއަތޮޅަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެ މިނިސްޓަރީ އާއި އަތޮޅު ކައުންސިލާއި ގުޅިގެން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ ފަސް މިލިޔަންގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގދ. ހޯނޑެއްދޫގައި އެރަށުކައުންސިލުން އިންދާ 10 ހާސް ގަސް އިންދުމުގައި މިނިސްޓަރު މާރިޔާ ވަނީ ބައިވެރިވެ ވަޑައިނަވައިފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މިނިސްޓްރީ އިސް ބައެއް ބޭފުޅުންނާއި އިދާރީ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީއާހަވާލުވެވަޑައިނެވި ފަހުން އަތޮޅުތެރޭގެ ރަށަކަށް އެންމެ ފުރަތަމަ ވަޑައިނެވީ އއ. ތޮއްޑޫ އަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން