
ރާއްޖެއަކީ އިޖްތިމާޢީ މައްސަލަތައް ގިނަ ޤައުމެއް: ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް

އައިޝަތު އިބްރާހިމް - 08 ފެބްރުއަރީ 2025 - 14:32
ރާއްޖެއަކީ ނިސްބަތުން ބަލާއިރު އިޖްތިމާޢި މައްސަލަތައް ގިނަ ޤައުމެއް ކަމުގައި އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ އަސްލު ޓީވީން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ ބަޔާން ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި އިޖުތިމާއީ މައްސަލަތައް ވަރަށް ގިނަކަމަށާއި އަދި ނިސްބަތުން ބަލާއިރު އިޖްތިމާއި މައްސަލަތައް އެންމެ ގިނަ ޤައުމު ކަމުގައި ދެންނެވިދާނެކަމަށެވެ.
އެގޮތުން ގެދޮރުގެދަތިކަމުގެ މައްސަލަތަކަކީ އިޖްތިމާއީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މުޖުމަތަމައުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ ގެދޮރުގެ ދަތިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މި ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ނުވަތަ ދިރިއުޅޭނެ ތަނެއް ލިބުމުގެ ފުރުޞަތު ހޯދައިދިނުމަކީ، މިކަމަށް ލިބޭނެ އެންމެ ބޮޑު ހައްލުކަމުގައިވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
" 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ހިޔާވަހިކަން، ގެދޮރު ނޫނީވިއްޔާ އުޅޭނެ ތަނެއް ލިބުމުގެ ފުރުޞަތު ހޯދައިދިނުން އެއީ. އެހެން ވީމަ އެއީ ވަރަށް މުހިންމު ޓާގެޓެއް ވަރަށް ބޮޑު ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަަޑައިގަންނަވާނެ ކަމެއް އެއީ އެހެން ނަމަވެސް އެމަނިކުފާނު އެކަން ކުރެއްވުމަށްޓަކައި ވަރަށް ސާބިތުކަމާއިއެކު އެކަމަށް ކުރިމަތިލައްވައިގެން އެއުޅުއްވަނީ. އެހެންވީމަ އަޅުގަނގަޑަށް ޤަބޫލުކުރެވެނީ ގެދޮރުވެރިކަމުގެ މަސައްކަތް ގެދޮރު އެޅުމުގެ މަސައްކަތް އަދި ރައްޔިތުންނަށް ގެދޮރުގެ ބޯހިޔާވަހިކަމުގެ މަސައްކަތް ފޯރުކޮށްދިނުމުގެ ކަންތައް ވަރަށް ރަނގަޅަށް ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް". ސްޓޭޓް މިނިސްޓަރ
ސްޓޭޓް މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭގަ ހަދަން ކަނޑައަޅާފައިވާ 12900 ފްލެޓްގެ އިތުރުން މާލޭ ސަރަހައްދުގައި އަޅަން ނިންމާފައިވާ 4000 ފްލެޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މިހާރު ހަދަމުންދާ ފްލެޓްތައްވެސް މިއަހަރުގެ ސެޕްޓެމްބަރުގައި އޭގެ ހައްގުވެރިންނާއ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
މިކަންކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ތަސައްލީއެއް ލިބޭނެ ކަމަށާއި އަދި ގެދޮރުގެ ދަތިކަން ދިމާވެފައިވާ އާއިލާތަކަށް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ގެދޮރުގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެން ދާނެކަން ޚުދު ސްޓޭޓް މިނިސްޓަރ ވެސް ޤަބޫލުކުރައްވާ ކަމަށެވެ.
ގެދޮރު ބިނާކުރުމަކީ އެކަމަށް ވަގުތު ނަގާނެ ކަމެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ އަހަރެއް ދެއަހަރެއްގެ ތެރޭގައި އެކަން ހައްލުވެ މުޖުތަމަޢުގެ ތެރޭގައި މިވާ ސޯޝަލް މައްސަލަތަކަށް ހައްލުލިބިގެންދާނެ ކަމަށެވެ.
ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އެންމެ ޚައްސާސް އެއް މައްސަލަ ކަމުގައިވާތީ އެމައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ޑރ. ރައީސް މުޢިއްޒުވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
2025 ވަނަ އަހަރަށް މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން، ވަކިން ޚާއްޞަކޮށް ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން އެމަނުކުފާނު މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަކަމަށެވެ. މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
1.5 ބިލިޔަން ރުފިޔާގެ ބަޖެޓަކާއެކު ރާއްޖޭގެ ތާރީޚުގައި ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅީ މި އަހަރުއެވެ. ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެން ގޮތަށް 57 ރަށުގައި ހައުސިން ޔުނިޓް އަޅަން ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފަވާއިރު، އެއީ 12,940 ހައުސިން ޔުނިޓްކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މިހުރިހާ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުންކަމަށެވެ. އަދި މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްވެސް މިއަހަރު ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އޭގެ ޙައްގުވެރިންނާ ހަވާލުކޮށް ނިންމާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން