
ޖޭއެސްސީގެ ބައެއް މެމްބަރުން
2022: ޖޭއެސްސީއަށް 393 މައްސަލަ ހުށަހެޅި

އަހުމަދު ޒަލީފު - 03 ޖެނުއަރީ 2023 - 11:45
2022 ވަނަ އަހަރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް 393 ޝަކުވާއެއް ހުށަހަޅާފައިވާއިރު އެ ކޮމިޝަނަށް ނިންމުނީ 46 މައްސަލައެއް ކަމަށް ތަފާސްހިސާބުތަކުން ދައްކއަިފިއެވެ.
އެއީ 2021 އަހަރު އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި އަޅާބަލާއި 2.72 އިންސައްތައިގެ ދަށްވުމެކެވެ. އެ އަހަރު ކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާ އެކެވެ.
2022 ވަނަ އަހަރު ޖޭއެސްސީ ބެލި މައްސަލަތަކުގެ ތެރެއިން 4 ފަނޑިޔާރެއް މަޤާމުން ވަކިކޮށް، 9 ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލައި ނަސޭހަތް ދީ، ތަމްރީން ޕްރޮގުރާމު ފުރިހަމަ ކުރުމަށް އަންގާފައިވާ ކަން، ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރުނު ނިމުނު އަހަރުގެ އެކޮމިޝަންގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ރިޕޯޓްގައި ހާމަކޮށްފިއެވެ.
ޖޭއެސްސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް ވަނީ މިދިޔަ އަހަރު 393 ޝަކުވާ ހުށަހަޅާފައެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާއި އަޅާބަލާއިރު 2.72 އިންސައްތަ މަދު އަދަދެކެވެ. 2021 ވަނަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާއެވެ
ޖޭއެސްސީން ހާމަކޮށްފައިވާ މައުލޫމާތު (2022)
- 12 ފަނޑިޔާރަކު ވަނީ ރިޓަޔާ ކުރައްވާފަ.
- 6 ފަނޑިޔާރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ.
- 11 ފަނޑިޔާރަކު އަލަށް އަޔަން ކުރެވުނު.
- އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓަށް އައްޔަން ކުރެވުނު 3 ފަނޑިޔާރުން. ސްޕީރިއާ ކޯޓުތަކަށް އައްޔަން ކުރެވުނު 2 ފަނޑިޔާރުން، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު 6 ފަނޑިޔާރުން.
- 46 މައްސަލައެއް ބަލާ ނިންމި
- 393 ޝަކުވާ ހުށަހެޅުނު
- 3 ފަނޑިޔާރުން ސަސްޕެންޑް ކުރި
- 24 ފަނޑިޔާރެއްގެ މައްސަލަ ފައިލް ކުރި
މިދިޔަ އަހަރު 46 މައްސަލައެއް ޖޭއެސްސީން ނިންމިއިރު، ސާބިތުވީ އެންމެ 22 މައްސަލައެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.
މިދިޔަ އަހަރު ނިމިގެންދިޔައިރު، ޖުޑީޝަރީގައި 170 ފަނޑިޔަރުން އެބަތިއްބެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން