logo

މާތް ﷲގެ ރަޙްމަތުގެ ތަނަވަސްކަން

profile

ޒިދާން މުޙައްމަދު - 08 އޮކްޓޯބަރު 2025 - 18:09

ﷲއީ ޢާލަމްތަކުގެ ވެރި އިލާޙެވެ. ހުރިހާ ކަމެއް މިލްކުވެވޮޑިގެންވާ ފަރާތެވެ. ހުރިހާ ވެރިކަމެއްގެ ވެރި މާލިކެވެ. މަޝްރިޤާއި މަޣްރިބުގެ ވެރި އިލާހެވެ. އެ އިލާހުގެ މަތިވެރިކަމާއި ހައިބަވަންތަކަމީ އެ ނޫން އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމެއް ނޫނެވެ. ކައުނާއި އޭގައި ލެއްވި ހުރިހާ ތަކެއްޗެއްގެ މިލްކުވެރި ފަރާތެވެ. އެހެން އެއްވެސް ފަތާރަކަށް ބޭނުންވެ ވޮޑިގެން ނުވާ ހުރިހާ މަޚުލޫޤެއް އެއިލާހަށް ބޭނުންޖެހިގެންވާ އައް-ޞަމަދެވެ.

https://wamco.com.mv/

ﷲގެ ރަޙުމަތްފުޅާއި މަދަދުވެރިކަން އަޅުތަކުންގެ މައްޗަށް ތަނަވެސް ވެގެން ނުވީ ނަމަ ހެޔޮކަމުގެ ގޮތުން އެއްވެސް ކަމެއް އެއްވެސް އަޅަކަށް ނުވީހެވެ. މުޅިންވެސް ދިމާވާހުށީ އުނދަގުލާއި ތުރާލާއި މުޞީބާތެވެ. އެއީ އެއިލާހު އެދިވޮޑެގަންނަވާ ގޮތެއް ނޫނެވެ. އެއިލާހުގެ އަމިއްލަ ޒާތުފުޅަށް ރަޙުމަތް ލާޒިމުކުރައްވައި އަނިޔާވެރިކަން ޙަރާމުކުރެއްވިއެވެ.

އަބޫ ހުރައިރަތުގެފާނުގެ ކިބައިން އިމާމު ބުޚާރީ ނެރުއްވެވި ޙަދީޘްފުޅެއްގައި ވެއެވެ.

إنَّ اللَّهَ كَتَبَ كِتابًا قَبْلَ أنْ يَخْلُقَ الخَلْقَ: إنَّ رَحْمَتي سَبَقَتْ غَضَبِي، فَهو مَكْتُوبٌ عِنْدَهُ فَوْقَ العَرْشِ -- رواه البخاري: 7554

މާނައީ: ”ހަމަކަށަވަރުން މާތް ﷲ މަޚްލޫޤާތްތައް އުފައްދެވުމުގެ ކުރިޔަށް ފޮތެއްލިޔުއްވިއެވެ. (އޭގައި ލިޔުއްވައިފައި ވެއެވެ. ހަމަކަށަވަރުން ތިމަން އިލާހުގެރަޙުމަތްފުޅު ތިމަން އިހާލުގެ ކޯފާގެ މައްޗަށް ކުރިއަރައި ހިނގައްޖެއެވެ. ފަހެ އެ(ލިޔެފައިވާ ލިޔުން ވަނީ) ޢަރުޝިކޮޅުގެ މަތީގައި އެ އިލާހުގެ ޙަޟްރަތުގައެވެ.“ އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: لَمَّا قَضَى اللَّهُ الخَلْقَ كَتَبَ في كِتابِهِ فَهو عِنْدَهُ فَوْقَ العَرْشِ إنَّ رَحْمَتي غَلَبَتْ غَضَبِي.-- رواه البخاري: 3194، ومسلم: 2751

މާނައީ: ”މާތްﷲ މަޚްލޫޤާތްތައް އުފައްދަވާ ފުރިހަމަކުރެއްވުމަށް ފަހުގައި، އެ އިލާހުގެޙަޟްރަތުގައި ޢަރުޝިކޮޅުގައި އޮންނަ ފޮތުގައި ލިޔުއްވިއެވެ. ހަމަކަށަވަރުންތިމަން އިލާހުގެ ރަޙުމަތްފުޅު ތިމަން އިހާލުގެ ކޯފާގެ މައްޗަށް އިސްވެއްޖެއެވެ.”

މާތް ﷲގެ ރަޙުމަތް ލިބޭނެ ސަބަބުތަކުގެ ތެރޭގައި ދީނުގެ އެއްބައިވަންތަކަމާއި ދެކޮޅުވެރިކަމާއި ޚިލާފުތައް ދޫކޮށްލުން ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

﴿وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ * إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ﴾‏ (سورة هود ١١٨- ١١٩)

މާނައީ:" ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި ނަމަ، މީސްތަކުން އެއް أمّة އެއްކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلافވުމުގައި އެއުރެން ފިލައިނުދެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެ ކަމަށް ޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ."

މާތް ﷲގެ ރަޙުމަތް ލިބޭނެ ސަބަބުތަކުގެ ތެރޭގައި ފާފަތަކާއި އުރެދުންތަކާއި މުންކަރާތްތައް ދޫކޮށްލުން ހިމެނެއެވެ. މަލާއިކަތުން މުއުމިނުންނަށް ހެޔޮދުޢާކުރައްވާ ވާހަކަ ބަޔާންކޮށްދެއްވަމުން އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.

﴿وَقِهِمُ السَّيِّئَاتِ ۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ﴾ (سورة غافر ٩)

މާނައީ:"އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެ ދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمة ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ."

ރަޙުތަމަތަކީ އެކަލާނގެ ޙަޟުރަތުން އެދެވޭ އެއްޗެކެވެ. އެހެންކަމުން އެކަލާނގެ ރަޙުމަތް ލިބުމުގެ ސަބަބުތަކުގެ ތެރޭގައި ދުޢާކުރުން ހިމެނެއެވެ. އެކަލާނގެ أيوب عليه السلامގެ ވާހަކަ ބަޔާންކުރައްވައި ވަޙީކުރައްވައިފައިވެއެވެ.

﴿وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ * فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ﴾ ‏(سورة الأنبياء ٨٣-٨٤)

މާނައީ: "އަދި أيوبގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاءކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މި އަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهلންނާއި، އެ أهلންނާ އެކު، ހަމަ އެފަދަ أهلން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرةން ލެއްވި رحمةއެއްކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއްކަމުގައެވެ."

https://etukuri.mv/
https://www.aslu.com.mv