logo

އެވިޑް ކޮލެޖް، ޔޫ.ކޭ.ގެ ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ އިންޓަރނެޝަނަލް އެޕްރޫވްޑް ސެންޓަރަކަށް

profile

މުހައްމަދު މުޝްރިފް - 19 އޮކްޓޯބަރު 2025 - 05:34

ޔޫކޭގެ މަޝްހޫރު ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް (ސީއެމްއައި) ގެ އިންޓަރނެޝަނަލް އެޕްރޫވްޑް ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ހަމަޖެހިއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން އެކޮލެޖުން ހިންގާ 11 ޕްރޮގްރާމަކަށް ވަނީ ޑުއަލް އެކްރެޑިޓޭޝަނަށް ހުއްދަ ލިބިފައެވެ.

https://wamco.com.mv/

އެވިޑް ކޮލެޖުން ބުނެފައިވާ ގޮތުގައި މި ހުއްދަ ލިބުމާއެކު، އެކޮލެޖުން މިހާރު ހިންގާ ޑިޕްލޮމާ، ބެޗެލާރސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، އަދި މާސްޓާރސް ފެންވަރުގެ 11 ޕްރޮގްރާމަކަށް ސީއެމްއައި އިން ވަނީ ޑުއަލް އެކްރެޑިޓޭޝަން ދެއްވާފައެވެ. މި ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންނަށް އެވިޑް ކޮލެޖާއި ސީއެމްއައިގެ އެކްރެޑިޓެޑް ސެޓިފިކެޓްވެސް ލިބިގެންދާނެއެވެ. އަދި ޖެނުއަރީ 2026 ގެ އިންޓޭކާއާއެކު މި ޕްރޮގްރާމްތަކަށް ދަރިވަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

1947 އިން ފެށިގެން މެނޭޖްމެންޓް ދާއިރާއިން މަސައްކަތްކުރާ ސީއެމްއައި އަކީ، ރޯޔަލް ޗާޓަރ ފޯރ މެނޭޖްމެންޓްގެ ދަރަޖަ ހޯދާފައިވާ ދުނިޔޭގެ މަޤްބޫލު އިންސްޓިޓިއުޓެކެވެ. އެވިޑް ކޮލެޖަކީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ އެފިލިއޭޓެޑް ޕާޓްނަރެކެވެ. މި ހުއްދައިގެ ދަށުން އެވިޑް ކޮލެޖުގެ ދަރިވަރުންނަށް ސީއެމްއައިގެ ތައުލީމީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެވިޑް ކޮލެޖްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެވިޑް ކޮލެޖުން ވަނީ ބުނެފައެވެ.

https://etukuri.mv/
https://www.aslu.com.mv