logo

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ!

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 12:18

ޚިޔާނާތުގެ ތުހުމަތުގައި އިޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ މާދަމާ ކޯޓަށް ހާޒިރު ކުރުމަށް ތާވަލުކޮށްފިއެވެ.

https://wamco.com.mv/

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ މެންދުރު ފަހަށެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަތަކުގެ ޝަރީއަތް މިދިޔަ ޖޫން މަހު ފެށުނުއިރު، ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާ ކޮށްދިނުމަށް އޭނާ އޮތީ އެދިފައެވެ. މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި މިކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެ އިތުރުން މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދުކޮށްދެވިފައިނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ވެސް ގާޒީ ވަނީ އެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ.

ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ. ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފައެވެ.

https://etukuri.mv/
https://www.aslu.com.mv