ފުރަތަމަ މަހު މުދަލު ޒަކާތަށް ފަސް މިލިއަން ރުފިޔާ
ޔޫޝައު ހަސަން - 11 ފެބްރުއަރީ 2023 - 07:28
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހު ތެރޭގައި 5.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 1.9 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 7.02 މިލިއަން ރުފިޔާއެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއަން ރުފިޔާ ލިބުނެވެ. 2021 ވަނަ އަހަރުވެސް މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ ލިބުނެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު އެ އޮތޯރިޓީން އޮންނަނީ ހަމަޖައްސާފައެވެެ.
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިސޯބު އެންމެ ފަހުން ކަނޑައަޅާފައިވަނީ ޖެނުއަރީ 30، 2023 ގައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،062.65 ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން