
ލުބްނާނުގެ އިންތިޚާބީ ރައީސަށް ރާއްޖޭން ތަހުނިޔާ ފޮނުއްވައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ޖެނުއަރީ 2025 - 18:59
ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ލުބްނާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލުބްނާނަށް ޞުލްޙަމަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި ލުބްނާނުގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯސެފް އައޫންއަށް، ޙިކުމަތްތެރިކަމާއި ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ލުބްނާނުގެ އައު ރައީސް، އައުންއަށް ދުޅަހެޔޮ ޞިއްޙަތެއްގައި ލެހެއްޓެވުމާއެކު، އުފާފާގަތިކަމާއި، ލުބުނާނުގެ އަޚުވަންތަ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކެނެޑާއިން ގާޒާ އަށް އަނެއްކާވެސް އިތުރު 100 މިލިއަން ޑޮލަރު ޙަރަދުކުރަނީ
7 ގަޑިއިރު ކުރިން

ކާމިޔާބު ކަމާއެކު ތިނަދޫ ހޮސްޕިޓަލުން ރަހިމުގެ ސާޖަރީއެއް ކޮށްފި!
7 ގަޑިއިރު ކުރިން

މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް
7 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ސީއީއޯ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)