logo

ޑަބްލިޔުޓީއެމް ލަންޑަން އާއެކު މަޓާޓޯއިން ރަސްމީކޮށް ޕާޓްނަރޝިޕް ހަދައިފި

profile

އައިޝަތު އިނާޝާ - 27 ސެޕްޓެމްބަރު 2024 - 05:49

ފޮޓޯ: މަޓާޓޯ

ފޮޓޯ: މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކުރިއަށް އޮތް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024 ގައި އެކުގައި މަސައްކަތްކުރުމަށް ޑަބްލިއުޓީއެމް ގެ އޯގަނައިޒާސް ކަމަށްވާ އާރްއެކްސް ގްލޯބަލްއާއި އެކު ޕާޓްނާޝިޕް ހަދައިފިއެވެ.

https://wamco.com.mv/

މަޓާޓޯއިން ބުނިގޮތުގައި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުޙިންމު ތަރައްގީއެއް ލިބިގެންދާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޕޯ ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް އެކްސްސެލް ލަންޑަންގައެވެ.

މި އެކްސްޕޯއަށް ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 51،000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަން މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން ބުނިގޮތުގައި މިއީ މަޓާޓޯ އާއި ޑަބްލިޔުޓީއެމް ލަންޑަނާއި އެކު މަސައްކަތްކުރެވުނު ފުރަތަމަ ފަހަރެއްނޫނެވެ. މިދެފަރާތުގެ ގުޅުން ފެށިފައިވަނީ 2016 ވަނަ އަހަރުގައި ހަމަ މިފަދަ އެއްބަސްވުމަކާއި އެކު އެ އަހަރުގެ އިވެންޓްގައި ވެސް ޕާރޓްނަރ ވެގެންނެވެ.

މަޓާޓޯއިން ބުނީ ދުނިޔެއިން ރާއްޖެ އަކީ އެންމެ ވަރުގަދަ އެއް ލަގްޒަރީ މަންޒިލްކަމުގައި އަދިވެސް ބަލައިގަންނަމުންދާއިރު، ޑަބްލިޔުޓީއެމް އާއިއެކު މަޓާޓޯ އިން އެއްބަސްވުމުގައި ސޮއިކުރުމުން ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މުހިންމުކަން ބަޔާންވެގެންދާނެ ކަމަށެވެ. މި އެއްބަސްވުން ކުރެވިފައިވެސް މިވަނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ރާއްޖެއިން ތަފާތު އެތައް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކެއް ދެއްކުމަށްރޭވިފައިވަނިކޮށް ކަމަށާއި އެންމެ މަތީ ފަންތީގެ ރިސޯޓްތަކުން ފެށިގެންގޮސް ގެސްޓްހައުސްތަކާއި އީކޯ ޓޫރިޒަމް އަދި ސަގާފީ ދެއްކުންތައް މީގައި ހިމެނޭނެ ކަމަށް މަޓާޓޯ އިން ބުނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay