logo

އޮގަސްޓްގެ ނިޔަލަށް ރިސޯޓު ކުލިން 1 ބިލިއަންގެ އާމްދަނީއެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 ސެޕްޓެމްބަރު 2024 - 21:17

ރިޒް ކާލްޓަން

ރިޒް ކާލްޓަން

މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހުސްވި އޯގަސްޓު މަހު މީރާ އަށް ލިބުނު އާމްދަނީގެ ރިޕޯޓުގައި ބުނާ ގޮތުން މި އަހަރުގެ ޖެނުއަރީން އޯގަސްޓް މަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 68.8 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ލިބުނީ 965 މިލިއަން ރުފިޔާ އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 29.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 1.93 މިލިއަން ޑޮލަރެވެ.

އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 21.8 މިލިއަން ރުފިޔާ މަދު އަދަދެއް ކަން ފާހަގަކޮށްލެވެ އެވެ.. މިދިޔަ އަހަރުގެ އޮގަސްޓުގައި ރިސޯޓު ކުލީގެ ގޮތުގައި 51.4 މިލިއަން ރުފިޔާ ލިބުނު އިރު އެއީ 3.35 މިލިއަން ޑޮލަރެވެ.

tel:+9607331319