logo

ދައުލަތަށް 15 ބިލިއަން ނުލިބޭތީ މީރާ މަޖިލީހަށް ހާޒިރުކުރަނީ

profile

އާމިނަތު ޝަފާ - 27 ޖުލައި 2024 - 12:26

މީރާގެ ޓެކްސް ޕޭޔާރ ސާރވިސް ސެންޓަރ

މީރާގެ ޓެކްސް ޕޭޔާރ ސާރވިސް ސެންޓަރ

ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ނުހޯދިވާތީ އެކަމުގެ ސަބަބު ހޯދަން މީރާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ވަނީ މީރާ އިން ދައުލަތަށް ނަގަންޖެހޭ ޓެކްސްއާއި ޓެކްސް ނޫން އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކުރައްވައި މެއި މަސް ނިމުނުއިރު ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން 445 މިލިއަން 5 ލައްކަ 26 ހާސް 5 ސަތޭކަ 84 ރުފިޔާ 29 ލާރި ނުހޯދިވާކަމަށެވެ.

މީރާ ހާޒިރުކުރަނީ އަންގާރަ ދުވަހު ބާއްވާ ޖަލްސާއަށެވެ.

ނާޒިމްވަނީ މި މައްސަލައިގެ އެންމެ ފުނަށް ވާސިލްވެ މި ފައިސާ ހޯދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

ދައުލަތަށް ނިލިބިވާ ފައިސާ ހޯއްދަވާނެކަމަށް މިނިވަންދުވަހުގެ ހާއްސަ ޖަލްސާގައި ރައީސްވެސް ވަނީ ވިދާޅުވެފައެވެ.

tel:+9607331319