logo

މައި ކެމިސްޓްގެ ބޮޑުމީހާ ޓެކުހަށް މަކަރު ހަދާ މައްސަލަ ޕީޖީ އަށް

profile

ޝުރުފާ މުހަންމަދު - 19 އޯގަސްޓު 2024 - 00:09

މީރާގެ ޓެކްސް ޕޭޔަރ ކައުންޓަރ

މީރާގެ ޓެކްސް ޕޭޔަރ ކައުންޓަރ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭސް ވިއްކާ މައި ކެމިސްޓްރ ފާމަސީގެ ވެރިފަރާތް ހުސައިން އިރުފާން، ގަސްތުގައި ޓެކުހަށް މަކަރ ހަދާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓަރ ޖެނެރލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައިވާގޮތުން، އެނގިހުރެ ގަސްދުގައި ޓެކްސް ނުދެއްކުމާއި، އެފަދަ ކަމަކަށް އެހީތެރުވުމަކީ ވެސް ކުށެކެވެ.

އިރުފާންގެ މައްސަލައާ ގުޅޭގޮތުން މީރާއިންނެރުނު ބަޔާނުގައި ބުނީ އޭނާ ޓެކުހަށް މަކަރު ހަދިކަން ފާހަގަވެ އެކަން ތަހުގީގުކޮށް ހެދި އޮޑިޓުން ޓެކުހުގެ ގޮތުގައި އިތުރަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭކަް ފާހަގަވެފައިވާ ކަމަށާއި، އެ ފައިސާ ދައްކަން އޭނާ އަށް ފުރުސަތު ވެސް ދިން ކަމަށެވެ.

މީރާއިން ބުނީ މި މައްސަލަ ފާހަގަވެފައި ވަނީ 2018، 2019 އަދި 2020 ވަނަ އަހަރު ހުށަހެޅި ޓެކްސް ބަޔާނާއި ބީޕީޓީ ބަޔާންތަކުން ކަމަށެވެ. އެގޮތުން އެ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާ، 53 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ މީރާއަށް ސިއްރުކޮށްފައިވާ ކަން ތަހުގީގުން ހާމަވި ކަމަށް ބަޔާނުގައިވެ އެވެ.

މި ފައިސާއަކީ ޓެކްސް ދެއްކުމުން އެކަހެރިވުމަށް، ގަސްދުގައި އޮޅުވާލި އޮޅުވާލުމެއް ކަމަށް ބަލާ، މީރާއިން ވަނީ މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

tel:+9607331319