logo

ދައުރުން ބޭރުން ބާއްވާ 2 ވަނަ ޖަލްސާ މާދަމާ

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 15:12

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުގައި ބާާއްވާ ދެވަނަ ޖަލްސާ މަދާމާ ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ.

މަޖިލިސް އިދާރާއިން ބުނީ މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައިކަމަށެވެ. ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކުރުމަށް މިމަހުގެ 11 ވަނަދުވަހުވެސް ރައްޔިތުން މަޖިލީހުން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފްގެ ނަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިކަމާ ގުޅިގެން ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައެވެ.

އައްބާސް ޝަރީފާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށައަޅަން މަޖިލީހުން ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ހަމަވާނީ މާދަމާގެ މެންދުރު 12:00 އަށެވެ.

ހެނދުނު އޮތް ޖަލްސާއަށް އެޖެންޑާކުރެވުފައިވާ ކަންކަމަކީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ ކުންފުނީގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ މަސައްކަތާއި އަދި މަސައްކަތް ނިންމައި ވޯޓަށް އަހަންޖެހޭ ކަންކަމުގައި ވޯޓަށް އެހުމެވެ.

ބެލެވޭގޮތުގައި ޕީޖީ އައްޔަނުކުރުމަށް ވޯޓަށް އެހުން އެޖެންޑާގައި ހިމެނިފައިނުވާވަނީ އައްބާސް ޝަރީފާއި ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ސުންގަޑި މާދަމާ މެންދުރު ހަމަވާތީއެވެ. އަދި ބެލެވޭގޮތުން މާދަމާގެ ޖަލްސާގައި ޕީޖީ އައްޔަނުކުރާނެ ބޭފުޅަކު އައްޔަނުކުރުމަށް އިތުރު ޖަލްސާއެއް ބޭއްވުމަށް އިއުލާނުކުރާނެއެވެ.

ޕީޖީއަކަށް އައްޔަނުކުރުމަށް ނަން ހުށަހަޅުއްވާފައިވާ އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަންވެސް އޭނާ ކުރެއްވިއެވެ. ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކިކުރުމާ ގުޅިގެނެވެ.

tel:+9607331319