logo

ޕީޖީ އައްޔަނުކުރުމަށް ބާއްވާ ޖައްސާ މިރޭ 9 ޖަހާއިރު

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 18:40

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ދައުރުން ބޭރުން ބާއްވާ ޖަލްސާ މިރޭ 9 ޖަހާއިރު ބާއްވަން ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާއްމުކުރި އެޖެންޑާގައިވާގޮތުން މިރޭގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ ޕީޖީގެ މަގާމަަށް ބޭފުޅަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތް ނިންމުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި، ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެމްބަރި އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ ކުންފުނީގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި މަސައްކަތް ނިންމައި ވޯޓަށް އަހަންޖެހޭ ކަންކަމުގައި ވޯޓަށް އެހުމެވެ.

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތުމުން މި ޖަލްސާ ބާއްވަނީ ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާގެ ގޮތުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ 1/3 މެންބަރުންގެ ސޮއި ހަމަވެގެންނެވެ.

އެ އަދަދަށް މިހާރު ސޮއި ހަމަވެފައިވާތީ މި ޖަލްސާ މިރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޕީޖީގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވީ، އައު ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރުގައި ދެ ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައެވެ.

ގާނޫނުގައި އޮންނަ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އައްޔަންކުރަން ޖެހޭނެއެވެ.

ޮޕީޖީގެ މަގާމަށް މިހާރުވެސް 3 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

tel:+9607331319