
އިންޓަރސުކޫލު ފުޓުބޯޅަ މުބާރާތެއްގެ މެޗެއްގެ ތެރެއިން
އިންޓަރސުކޫލު މެޗުގައި ހިނގި ހަމަނުޖެހުން ކުށްވެރިކުރަން - އެޑިއުކޭޝަން

އަހުމަދު ޒަލީފު - 07 ފެބްރުއަރީ 2023 - 14:33
އިއްޔެ ހަވީރު ކުޅުނު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ކ. ގުރައިދޫއާއި ކަލާފާނު ސްކޫލާ ދެމެދު ކުޅުނު މެޗަށް ފަހު ގުރައިދޫ ސްކޫލްގެ ސަޕޯޓަރުން ރެފްރީއަށް ހަމަލާދީފައި ވެއެވެ.
އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިއްޔެ ހިންގި އަމަލަކީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ކަމަށެވެ.
އެފް.އޭ.އެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީފައިނަލުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ޢަމަލު ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ އަދި އަޚްލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މިމުބާރާތްތަކުގައި ބައިވެރިވާ ސްކޫލްތަކާއި ސަޕޯޓަރުންވެސް ކުޅިވަރުގެ ރޫހާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓްރީން ވަނީ އެފަދަ ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެ
ގުޅުން ހުރި ޙަބަރުތައް

ދަރަނި ދެއްކިއަސް ޒަރޫރީ ހިދުމަތްތަކެއް ނުހުއްޓޭނެ: މާލީ ވުޒާރާ
17 މިނިޓު ކުރިން

ޕީއެންސީގެރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ދޭން ނިންމައިފި
25 މިނިޓު ކުރިން

އެސްއެމްއީ ޑިޖިޓަލް އިން އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭއެއް ބާއްވަނީ
26 މިނިޓު ކުރިން

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
2 ގަޑިއިރު ކުރިން


