
ޖަޕަނުން ރާއްޖެއަށް އެމްބިއުލާންސް ހަދިޔާ ކުރުން
ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކޮށްފި

އަހުމަދު ޒަލީފު - 13 ޖުލައި 2023 - 10:00
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.
އެ އަށް އެމްބިއުލާންސްގެ ތެރެއިން ހަ އެތި ހަދިޔާކުރީ އަތޮޅު ތެރޭގެ ހަ ފެސިލިޓީއަކަށެވެ.
އެއީ ހއ. ހޯރަފުށީ ހެލްތު ސެންޓަރާއި ހއ. ކެލާ ހެލްތު ސެންޓަރާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ.
އަނެއް ދެ އެމްބިއުލާންސް ދިނީ، ހުޅުމާލޭގެ ނޭޝަނަލް އެމްބިއުލާންސް ސާވިސްއަށެވެ.
ހެލްތް މިނިސްޓްރީއިން ބުނީ މިއަދު ހަވާލްކުރެވުނު އެމްބިއުލާންސްތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެއް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


