logo

ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކުރައްވައި ފޮނުއްވި ސަބަބު ރައީސް ހާމަކުރައްވައިފި

profile

އަހުމަދު ޒަލީފު - 04 ޖޫން 2024 - 13:17

ރައީސް ޑރ މުޢިއްޒު

ރައީސް ޑރ މުޢިއްޒު

ބިމާ ބެހޭ ގާނޫނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ފޮނުއްވާލި ސަބަބު ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

ގޯތި ދޫކުރާތާ ތިން މަސް ތެރޭގައި ހަވާލު ކުރުމަށް ލާޒިމު ކުރާ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ނިމިދިޔަ 10 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަަހުގެ 29 ވަނަ ދުވަހުގައެވެ.

އެ ބިލުގައި ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ބަންޑާރަ ގޯތި ހަވާލު ކުރުމާ ބެހޭ މާއްދާ ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އަދި އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓު ކުރުމަށްފަހު ހަވާލު ކޮށްފައިނުވާ ގޯތިތައް އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު މީހުންނަށް އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންޖެހޭނެ ކަމަށެވެ.

އެ އިސްލާހު ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަލުން ރައީސް މުއިއްޒު ވަނީ ފޮނުވާލައްވަވާފައެވެ. މިއަދު މަޖިލީހަށް ފޮނުއްވެވި ސިޓީއެއްގައި ރައީސް ވިދާޅުވެފައިވަނީ ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީހުން ފެށީގެން އެ ގޯތި ލިބޭ ފަރާތަކަށް ހައްގުތަކެއް ލިބިގެންދާ ކަމަށެވެ. ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފެށުން ރާއްޖޭގެ ބިމާބެހޭ ގާނޫނު 14 ވަނަ މާއްދާ އާއި އެމާއްދާގެ ދަށުން އެކުލަވާލައިފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި 25 ވަނަ މާއްދާގައި ލާޒިމުކޮށް އެގޮތަށް އަމަލު ނުކޮށްފި ނަމަ އެ ގޯއްޗެއް ލިބުނު ފަރާތެއްގެ އަތުން އަތުލެވޭނެކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ އަމަލީގޮތުން ދިރިއުޅެވެން ނެތް ތަންތަން ހަވާލު ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ގޯތި ލިބިފައިވާ ފަރާތުގެ ހައްގުތައް އެ ގޯތު ދޫކުރި ތާރީހުން ފެށިގެން ފުރިހަމައަށް ހުރަސްއެޅިގެން ދިއުން ކަމަށެވެ.

އެ ސިޓީގައި ރައީސް ވަނީ އެ ބިލުގައި ގޯތި ހަވާލުކުރުން އެ އިބާރާތަށް ވައި ހާއްސަ މާނެއް ދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ގޯތި ރަޖިސްޓްރީ ހަވާލުކުރުމާއި ގޯތި ހަވާލު ކުރުން އެ ބިލުގެ ދެ މާއްދާއެއްގައި ހިމަނާފައި ވާތީ އެއީ ތަފާތު ދެކަމެއްކަމަށް ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"ނުހިއްކާ ސަރަހައްދަކުން ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ގޯއްޗަކަށް ފަރާތަކަށް ރެޖިސްޓްރީއެއް ހަވާލު ކުރެވިދާނެ ކަމަށް ބެލިނަމަވެސް "ގޯތި ހަވާލު ކުރުން" މި އިބާރާތް، އެ އިބާރާތުގެ އާންމު މާނައިގައި ގެދޮރު އެޅުމަށް ނުވަތަ އިމާރާތެއް ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ބިން ވަކިކޮށް އެ ގޯތި ލިބުނު ފަރާތާ އެ ފިޒިކަލް ބިން ހަވާލު ކުރުން ކަމަށް މާނަ ކުރެވޭ ކަމަށް ވެސް ފެނެ އެވެ." އެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

އެ ބިލްގެ (ނ) އަދި (ރ) އަށް ރިޔާއަތް ރައީސް ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުން ދޫކުރި ހުރިހާ ގޯތިތަކެއްގެ ރެޖިސްޓަރީ އަދިވެސް ހަވާލު ކުރެވިފައި ނުވަނީ ހިއްކާ ނުނިމޭ ސަރަހައްދުތަކުން ވެސް ގޯތި ދީފައި ހުރުމުން ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކަލަވާލައިފައިވާ ކަމާބެހޭ ގަވާއިދުތަކާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ތަސައްވުރު ކޮށްފައި ވަނީ ބިމާ ބެހޭ ސިޔާސަތާއި ރަށުގެ ނުވަތަ ސިޓީއެއްގެ ލޭންޑު ޔޫސް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ދިރިއުޅުމަށާއި ގެދޮރު އިމާރާތްކުރަން އެކަށައަޅާ ބިމުން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

ސިޓީގައި ރައީސް ވިދާޅުވީ ހިއްކަމުންދާ ސަރަހައްދުތަކުން ގޯތިލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބިފައިވާ ކަމުގެ ލިޔުމެއް ހަވާލު ކޮށްފައިވަނީީ އެ ގޯތި ކަނޑަންޖެހޭ ސަރަހައްދު ހިއްކައި ނިމުމުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަށް ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، ނުހިއްކާ ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމަށް ތިން މަސްދުވަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި އެ ބިލުގައި އެހެން އޮއްވައި ތަސްދީގު ކޮށްފި ނަމަ ހައުސިން މިނިސްޓަރީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319