logo

މީރާއަށް 2.60 ބިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 03 ޖޫން 2025 - 08:22

މީރާއަށް މިހާތަނަށް 2.60 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

މީރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އޭޕްރިލް މަހުގެ ތެރޭގައި މީރާގެ އާމްދަނީއަށް ވަނީ 2.60 ބިލިއަން ރުފިޔާ ލިބިފައެވެ.

މިއަދަދަކީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 22.7 އިންސައްތަ ކުރިއެރުމެކެވެ. އޭޕްރީލް މަހުގައި މީރާގެ އާމްދަނީ އިތުރު ވުމުގެ ސަބަބުތަކުގެ ތެރޭގައި މާޗް މަހުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މިންވަރު އިތުރުވުމާއި ގްރީން ޓެކްސް އާއި ޓީޖީއެސްޓީ ލިބުނު މިންވަރު އިތުރުވުން ހިމެނެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މީރާއިން ބަލައިގަތް ފީތަކުގެ ތެރޭގައި އެއަރޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އާއި އިތުރު އެހެނިހެން ފީތައް ހިމެނެއެވެ.

މީރާގެ ރިޕޯޓްތައް ދައްކާގޮތުން އޭޕްރީލް މަހުގެ ތެރޭގައި 125.09 މިލިއަން ޑޮލަރު އޭޕްރީލް މަހުގެ ތެރޭގައި މީރާއަށް ލިބިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން ޓެކްސްގެ އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ހުސްވި އޭޕްރިލް މަހުގެ ނިޔަލަށް ދައުލަތަށް 63.4 އިންސައްތައިގެ އާމްދަނީ އެއް ލިބިފައިވެއެވެ.

ޖީޢެސްޓީއަށް ފަހު ދެވަނަ އަށް އެންމެ ގިނައިން ފައިދާވެފައިވަނީ ގްރީން ޓެކްސް އާމްދަނީ އިންނެވެ. ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 8.7 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

އިންކަމްޓެކްސްގެ ގޮތުގައި 6.8 އިންސައްތަ އާމްދަނީ މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވާއިރު އެއަރޕޯޓް ޑިވޮލަޕްމަންޓް ފީގެ ގޮތުގައި 6 އިންސައްތައިގެ އާމްދަނީ އެއް ލިބިފައިވެއެވެ.

މީގެ އިތުރުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި 5.9 އިންސައްތައިގެ އާމްދަނީ އެއް ވަނީ ލިބިފައެވެ.

ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 3.6 އިންސައްތައިގެ އާމްދަނީ އެއް މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ ލިބިފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay