
ޔުމްނު: އާޓްގެ ދުނިޔޭގައި ރެދަންހެން ވިދާ ތަރިއެއް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 17 އޭޕްރީލު 2025 - 11:25
އުމުރުން 18 އަހަރުވީ އިރު ފާތިމަތު ޔުމްނުއަކީ ދިވެހި ކުރެހުންތެރިންގެ އާއިލާގައި ފާހަގަކޮށްލެވޭ މެމްބަރެކެވެ. ކުލަފިހިން އޭނާ ކުލަޖައްސައިދިން ހިތްގައިމު މަންޒަރުތައް ބުނެދެނީ އުމުރަކީ ފަންނުގެ ދަރީންގެ ހުނަރު ވަޒަންކުރެވޭނެ ނުކުތާއެއް ނޫން ކަމެވެ. އުމުރަކީ ހަމައެކަނި ނަމްބަރެއްކަން ޔުމްނު ސާބިތުކޮށްދިނީ ޅަޒުވާން އުމުރުގައި އޭނާ ކުލަ ޖެއްސި ތަސްވީރުތަކުންނެވެ.
އަބަދުވެސް ވަރަށް މާނަފުން ކުރެހުންތަކެއް އާންމުކުރަމުން އަންނަ ހުނަރުވެރި ކުރެހުންތެރިޔާގެ ކުރެހުންތައް އޭނާ ބޮޑު ފޮށީގައި ރައްކާކުރީކީ ނޫނެވެ. ނޫނީ ގޯތި ދިމާ އިނދުގެ ބޯލާކޮޅާވީ ދިމާލުން ފާރުގައި ހަރުކުރީކީވެސް ނޫނެވެ. އިންސްޓަރގްރާމް އެކައުންޓެއް ހަދައި "ޔުމްނު އާޓްސް" ދުނިޔޭގެ މަގުބޫލް ސޯޝަލްމީޑިއާ ޕްލެޓްފޯމްގައި ހިއްސާކުރީއެވެ. އަދި ކުރެހުމުގެ މައުރަޒުތަކަށްވެސް އޭނާގެ ކުލަފިހީގެ ޖާދޫތައް އޭނާ ހުށަހެޅީއެވެ. ގިނަ ރިސާޗްތަކަށް ފަހު ތައްޔާރުކުރި "ރެދަން" އާޓްވޯކް ފަދަ ހިތްގައިމު ހުށަހެޅުންތަކުގެ ވާހަކައެވެ.
ޚިޔާލަށް އަންނަ ކޮންމެ މަންޒަރެއްގައި ކުލަ ޖެއްސިޔަސް ޔުމްނު ވަރަށް ގިނަ ހޯދުންތައް ހޯދައެވެ. އެކަމާ ގުޅޭ މައުލޫމާތުތައް ހޯދައިބަލާ ދިރާކުރެއެވެ. ޚިޔާލާތެއް ނަމަ، އޭގެ އަސްލާ ގުޅޭ ކަމަކާ ނުވަތަ އެއްޗަކާ މެދު އޭނާ ފިކުރުކޮށް، ހޯދުންތައް ހޯދައެވެ. ފުރިހަމަ މަސައްކަތެއް ކުރެވޭނީ ވަގުތާއި ހަކަތަ ދުއްވައިގެންކަން އޭނާ ގަބޫލުކުރެއެވެ. ކޮންމެ ކަމެއްގައިވެސް ފަރުވާތެރިވުމާއި ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަކީ ކާމިޔާބުގެ މަންޒިލަށް ވާސިލުވެވޭނެ ފަހި މަގު ކަމަށް އޭނާ ދެކެއެވެ.
ޔުމްނު ވަނީ މި ހުރިހާ ވާހަކައެއް ތަފްސީލްކޮށް އޭނާ ބައިވެރިވި "ޒިދާންއާއެކު ކޯވަރެއް" ސީޒަން ދޭއްގެ ތިން ވަނަ ޕްރޮގުރާމްގައި އަސްލު ޓީވީއާ ހިއްސާކޮށްފައެވެ. ޒާތީ ދިރިއުޅުން އަދި ކެރިއާގެ ޝައުގުވެރި ވާހަކަތަކެެކެވެ. ތިރީގައި އެ ވާހަކަތަކެވެ.

#Koavareh | #Koavareh | By Aslu TV
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން