logo

ކޮލަމްބޯ އާއެކު ލަންކާގެ ބޮޑު ބަޔަކުން 12 ގަޑީރަށް ފެނުގެ ޙިދުމަތް ކަނޑާލައިފި

profile

ރިޟްވާން މޫސާ - 04 ޖުލައި 2026 - 08:28

ސްރީ ލަންކާގެ ވެރިރަަށް، ކޮލަމްބޯ އާއި ވަށައިގެންވާ ބައެއް ސަރަހައްދުތަކުން، މިއަދު 12 ގަޑިއިރަށް ފެން ކަނޑާލާފައިވާ ކަމަށް ނޭޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެނޭޖް ބޯޑުން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

ސްރީލަންކާގެ ފެނުގެ ޙިދމަތް ދެމުން އަންނަ މައި ކުންފުނި ކަމަށްވއެންޑަބްލިއުއެސްޑީބީން ބުނި ގޮތުގައި ފެނުގެ ހިދުމަތް މެދުކަނޑާލާނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ސްރީލަންކާގެ މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފެނުގެ ޙިދުމަތް މެދުކަނޑާލައިފައި ވަނީ މުލައްރިޔާ ގްރިޑް ސަބްސްޓޭޝަންގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ކުރުމަށްޓަކައި އަމްބަޓަލޭ ވޯޓާ ޓްރީޓްމަންޓް ޕްލާންޓަށް ދޭ ކަރަންޓް ވަގުތީ ގޮތުން މެދުކަނޑާލާތީ ކަމަށެެވެ.

މީގެއިތުރުން، ޑެހިވާލާގެ ފެން ޕަމްޕިން ސްޓޭޝަނާއި، މާލިގޭ އެލީ ހައުސް ޕަމްޕިން ސްޓޭޝަންގައިވެސް އިލެކްޓްރިކަލް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk