logo

1568 އެކްސިޑެންޓް މިއަހަރު ހިނގައިފި!

profile

ރިޟްވާން މޫސާ - 04 ޖުލައި 2026 - 05:59

އަހަރުގެ މިހާތަނަށް 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި 5،757 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރުގެ މި މުއްދަތުގައި މި އަދަދުވަނީ %7 އިތުރުވެ، 6،198 އަރާފައެވެ.

އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 1531 އެކްސިޑެންޓެވެ. މިއަހަރުގެ މި މުއްތަތުގައި 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. މިއީ %2 އިތުރު އަދަދެކެވެ.

އެކްސިޑެންޓުތަކުގެ ތަފާސްހިސާބު:

• ޖަނަވަރީ: 303 އެކްސިޑެންޓު
• ފެބުރުވަރީ: 251 އެކްސިޑެންޓު
• މާރިޗު: 273 އެކްސިޑެންޓު
• އެޕްރީލް: 284 އެކްސިޑެންޓު
• މޭ: 273 އެކްސިޑެންޓު
• ޖޫން: 256 އެކްސިޑެންޓު

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ %28 އަކީ ވައްކަމުގެ މައްސަލަތެކެވެ. އަދި %24 އަކީ ޓްރެފިކް އެކްސިޑެންޓުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk