
ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އަންގައިފި!

ރިޟްވާން މޫސާ - 04 ޖުލައި 2026 - 08:28
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިބާރުވެ، ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވަނީ ގަޑިއަކު 19 މޭލާއި، 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކަނޑުތައް ގަނަދަވާނެ ކަމަށެވެ.
މެޓް އިން ވިދާޅުވީ، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އަދި ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.





.gif&w=3840&q=75)