
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާއެކު ނަތަންޔާހޫ ގޮތް ހުސްވެއްޖެ!

ރިޟްވާން މޫސާ - 17 ޖޫން 2026 - 08:34
މެދުއިރުމަތީގެ ހަނގުރާމަިއގައި އެމެރިކާ އާއި އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް އައިސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުން އިސްރާއީލުގެ ހައްދު ފަހަނަ އެޅި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހު މާޔޫސްވެ ގޮސް ހުސްވެއްޖެ އެވެ.
ނުލަފާ ޖައްބާރު ނަތަންޔާޔޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން އީރާނުގެ އިސް ވެރިން ޝަހީދުކޮށްލައި، މުޅި މެދުއިރުމައްޗަށް އަތްގަދަކުރަން ރާވާފަ އެވެ. ނަމަވެސް މި ރޭވުން ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.
އެމެރިކާ އާއި މުޅިން ބައިއަތު ހިފައިގެން އެމެރިކާގެ މަދަދުގައި މުސްލިމުންނަށް ހަމަލާދީ ހަނގުރާމަ ކުރަމުންދާ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޖަމާއަޔތަށް މިވަގުތު އޮތީ ގޮތް ހުސްވެ ލުބުނާނުގައި ކުރަމުންދާ ހަނގުރާމައިގައިވެސް ޔަހޫދީންގެ އަސްކަރީ އޮޕަރޭޝަންތައް މުޅިން ހުއްޓިފަ އެވެ.
މިވަގުތު އިސްރާއީލުގެ އޮފިޝަލުން އާންމު ތަންތަނުގައި ވާހަކަދެއްކުމުގައި ސަމާލުވެ ތިބި ނަމަވެސް، އަމިއްލަ މަޝްވަރާތަކުގައި ވަރަށް ބޮޑު މާޔޫސްކަމެއް އޮތްކަން ސާފުވެއެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޔަހޫދީންގެ އިސް އޮފިޝަލަކު ރޮއިޓަރސް ނޫހަށް ބުނީ، އަންނަ ހުކުރު ދުވަހު ސޮއި ކުރަން މިހާރު ތައްޔާރުވެފައިވާ ސުލްޙައިގެ އެއްބަސްވުމަކީ ޔަހޫދީންނަށް "ބިރުވެރި އެއްބަސްވުމެއް" ކަމަށެވެ.
އީރާނުން ވާގިވެރިވާ، ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާޙިދުންގެ ޖަމާޢަތް، ޙިޒްބުاللهއަށް ޢަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ޔަހޫދީން ދެކޮޅު ހެދުމުން، ނަތަންޔާހޫ އާއި ޓްރަމްޕް ވަނީ ތަކުރާރުކޮށް ބަހުގެ ހޫނު ޙަމަލާތަކެއް ބަދަލުކޮށްފައެވެ.
މި މަސް ފެށުނުއިރު ޓްރަމްޕް ވަނީ ރުޅިވެރި ފޯނު ކޯލެއްގައި ނަތަންޔާހޫއަށް އަމުރުކުރައްވައި، އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއް ހޯދަމުން ދަނިކޮށް ލުބްނާނުގެ ވެރިރަށް ބައިރޫތަށް ޙަމަލާ ނުދިނުމަށް އަންގަވައިފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ސުލްޙައިގެ އެއްބަސްވުމުގައި ހުކުރު ދުވަހު ސްވިޒަލޭންޑްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ. މެދުވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވާ ޕާކިސްތާނުން ބުނީ، އެ އެއްބަސްވުމުގައި ލުބުނާނު ވެސް ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކެއްގެ އަސްކަރީ އޮޕަރޭޝަންތައް ދާއިމީކޮށް ހުއްޓާލުމަށް ހިމަނާފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ވޭތުވެދިޔަ 15 އަހަރުވެސް ވިލިމާލެއަށް އޮތީ އިހުމާލުވެފަ: މުޙައްމަދު އިސްމާއީލް
3 ގަޑިއިރު ކުރިން
"ޓެކްސީ ލައިންގެ ޙިދުމަތް" ވިލިމާލޭގައި ވެސް ފަށައިފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ވަޒީފާ ބުރާސަފަތި މިރޭ ރަސްފަންނުގައި
8 ގަޑިއިރު ކުރިން

މެޑަމް ސާޖިދާ، ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)