logo

އާރްޑީސީން ގެނައި ހެވީ ވެހިކަލްތަކަށް މީހުން ތަމްރީންކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 12:06

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަލަށް ގެނައި ހެވީ ވެހިކަލް ފްލީޓް އޮޕަރޭޓްކުރުމަށްޓަކައި ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ތަމްރީނުކޮށް ނިންމާލައިފިއެވެ.

https://wamco.com.mv/

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 230 ހެވީ ވެހިކަލް އެ ކުންފުނިން ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ފުރަތަމަ ހަފުތާގައެވެ. މި އުޅަނދުތައް ބޭނުންކުރާނެ ރަށްތަކާއި މަޝްރޫޢުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ފުރަތަމަ މަރުހަލާގައި 20 ރަށަކަށް މި އުޅަނދުތައް ފޮނުވުމަށް ވަނީ ނިންމާފައެވެ.

މި އުޅަނދުތައް ދުއްވުމަށާއި މަރާމާތުކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގެ ސައިޓުތަކުން ޖުމްލަ 108 މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ވެހިކަލް އޮޕަރޭޓަރުންނާއި މެއިންޓަނަންސް ޓީމުތައް ހިމެނެއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމަނައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ އަމަލީ ފަރިތަކުރުންތައް ބާއްވާފައިވަނީ ތިލަފުށީގައެވެ.

އާރްޑީސީން ހާމަކުރި ގޮތުގައި، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފަހުގެ މަރުހަލާތަކެވެ. މި މަސައްކަތް ނިމުނުހާ އަވަހަކަށް، ކަނޑައެޅިފައިވާ ރަށްތަކަށް އުޅަނދުތައް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk