
އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތުގެ ތަމްރީން ފުލުހުންނަށް ދީފި

މުޙައްމަދު ފަޟްލޫން - 14 ޖޫން 2026 - 13:38
އެމެރިކާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންސް ޓީމާ ގުޅިގެން، ކޭނައިން (ފާރަބަލާ ކުއްތާ) ގެންގުޅުމާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ދިވެހި ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ މެއި މަހުގެ 22 އިން ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، ކޭނައިން އޮޕަރޭޝަންސްގައި ހަރަކާތްތެރިވާ ފުލުހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހިންގުނު ސެޝަންތަކެކެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނުތަކުގައި އިމާރާތްތަކުގެ އެތެރެއާއި ބޭރުގައި ފާރަ ބޭނުންކޮށްގެން މަސައްކަތްކުރާނެ ގޮތުގެ އަމަލީ ޑެމޮންސްޓްރޭޝަންތަކާއި ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، އެމެރިކާގެ ވެޓެރިނަރީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، ފާރަބަލާ ކުއްތާއަށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތުގެ އެންމެ ފަހުގެ އުކުޅުތައް ވެސް ވަނީ ދަސްކޮށްދީފައެވެ.
އުޅަނދުފަހަރު ބަލައިފާސްކުރުމުގައި ފާރަ ބޭނުންކުރާނެ ގޮތުގެ ހާއްސަ ފަރިތަކުރުންތަކެއް ވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
8 މިނިޓު ކުރިން
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)