logo

ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ޕިކްޕޯސްޓް ޚިދުމަތް ތަޢާރަފުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:53

ކުޅުދުއްފުށި ސިޓީގައި ޕޯސްޓުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް، 26 ޖުލައި 2026 އިން ފެށިގެން ޕިކްޕޯސްޓް ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.

https://wamco.com.mv/

މި ބަދަލާއެކު ކުޅުދުއްފުށި ސިޓީގައި ޕޯސްޓުގެ އެންމެހައި ހިދުމަތްތައް ދެން ލިބޭނީ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއިންނެވެ.

މި އިމާރާތަކީ ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނީ ބިނާ ކައިރީގައި ހުންނަ އިމާރާތެކެވެ.

އަލަށް ތަޢާރަފުކުރި ޕިކްޕޯސްޓް ހިދުމަތުގެ ސަބަބުން، ޕާރުސަލްތަކާ ހަވާލުވުމަށް ކިއޫގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

ޕޯސްޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ޕާރުސަލް ލިބުނުކަން އަންގައި ފޮނުވާ މެސެޖުގައިވާ މުއްދަތުގެ ތެރޭގައި، ކަސްޓަމަރުންނަށް ފަސޭހަ ކޮންމެ ވަގުތެއްގައި ވެސް ޕާރުސަލް ބަލައިގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކަށާއި ސިޓީތަކަށް ޕާރުސަލް ފޮނުވުމުގެ ހިދުމަތާއި، ބައިނަލްއަގްވާމީ ޕޯސްޓްގެ ހިދުމަތްތައް ވެސް މެދުކެނޑުމެއްނެތި އެ އޮފީހުން ލިބެމުންދާނެއެވެ.

ދިވެހި އުފެއްދުންތެރިންނަށް ޚާއްޞަކޮށްފައިވާ ރަށު އޮންލައިން ނުވަތަ ކޮމިއުނިޓީ އޮންލައިން ޝޮޕް މެދުވެރިކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތާއި، އީޓުކުރި ލޯކަލް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

ޕޯސްޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް މި ބަދަލާއެކު އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk