
ހުސްވި ހަފްތާގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައިލައްކައަށް ވުރެ އިތުރުވެއްޖެ

މުޙައްމަދު ފަޟްލޫން - 07 އޭޕްރީލު 2025 - 18:20
ހުސްވި ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ އިތުރުވެއްޖެއެވެ.
ހުސްވި ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި ހަފްތާގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެކުރީ ހަފްތާއާއި އަޅާބަލާއިރު ވަނީ 8 އިންސައްތަ އިތުރުވެފައެވެ.
ހުސްވި ހަފްތާގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 57،390 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 667،730 ފަތުރުވެރިންނެވެ. މިއަދަދަކީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިޮރު 5.8 އިންސައްތައިގެ ކުރިއެރުމެކެވެ. ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 630،867 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއަށް ފަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 69.5 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރިސޯޓްތަކަށް ފަހު އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 25 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ.
ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ،
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން