logo

އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު ޢައްޔަންކުރައްވައިފި

profile

އައިޝަތު އިނާޝާ - 18 ފެބްރުއަރީ 2025 - 13:31

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމަށް، ރ.އަލިފުށި، ފަސާނާ އަލްފާޟިލް ޢަބްދުﷲ ނާޝިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެކު، މިހާރު އެ ކޮމިޝަނުގެ ރައީސް އަދި ނައިބުރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އޭސީސީގެ ނައިބު ރައީސްކަމަށް އަބްދުﷲ ނާޝިދު ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ނާޝިދު އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުއްވީ މިދިޔަ ހަފްތާގައެވެ. ނާޝިދު އެމަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ނާޝިދަކީ އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. ނާޝިދާ އެކު މިވަގުތު ކޮމިޝަނުގައި ތިއްބަވަނީ އިތުރު 4 ބޭފުޅުންނެވެ. އެއީ އާދަމް ޝާމިލް - ރައީސް، ޝިޔާމާ މުހައްމަދު ޝަޒްނާ ހާޝިމް އަދި އަހްމަދު ނާޝިދެވެ.

ޢަބްދުﷲ ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އެ ކޮމިޝަނުގެ މުހިންމު މަޤާމުތަކެއް އަދާކުރައްވާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay