logo
ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ރާއްޖޭގެ އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

profile

ޝާމާ ޝުޢައިބު - 30 އޮކްޓޯބަރު 2024 - 12:27

ރާއްޖޭގެ އެއާޕޯޓުތަކުން ބޭރު ގައުމުތަކަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީތަކާއި ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

https://wamco.com.mv/

އެ ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަސަދުﷲ ޝިހާބު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ދިރާސާ ކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.

ބުދަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލު އެގޮތަށް ފާސްކުރުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ކޮމިޓީން ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅާފަ އެވެ.

ޑިޕާޗަރ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ގޮތް:

  1. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށް
  2. އިކޮނޮމީގައި ދަތުރުކުރާ އަތުން ނަގާ ޓެކުހަށް ބަދަލެއް ނާދޭ
  3. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމަށް
  4. ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށް
  5. ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށް

އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލު:

  1. އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުމަށް
  2. އިކޮނޮމީގައި ދަތުރުކުރާ ދިވެހިންގެ ފީ އަށް ބަދަލެއް ނާދޭ
  3. ބިޒްނަސް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމަށް
  4. ފަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށް
  5. ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުމަށް

މި އިސްލާހުތައް ގެންނަން ބިލުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން ނެވެ.

މި ބިލު ތަންފީޒުކުރެވެން ފެށުމާއެކު، ދައުލަތަށް އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބޭ އާމްދަނީ އަންނަ އަހަރު 1،572.3 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އިތުރަށް ލިބޭ ފައިސާއިން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބެލެންސް އިތުރުކުރަން މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

https://wamco.com.mv/
https://www.aslu.com.mv