logo

އިސްރާއީލުން ޢައްޒާއާ ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި އެކަކު ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެ

profile

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 13:50

އިސްރާއީލުން ޣައްޒާ ސިޓީއަށާއި ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

https://wamco.com.mv/

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ މުނިސިޕަލްޓީ ޕާކު ކައިރިއަށް އިސްރާއީލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުވެ، އިތުރު މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި އެ ސިޓީގެ ހުޅަނގުގައިވާ އަލް-ވަޙްދާ މަގުން ދުއްވާފައި ދިޔަ ބައިސްކަލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވެސް ބަޔަކަށް އަނިޔާވެފައިވެއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައިވާ އަލް-ކަރާމާ ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި މީހަކު ޒަޚަމްވެފައިވާއިރު، ޚާން ޔޫނިސްގެ އަލް-މަވާސީ ކައިރީގައި ހަރަކާތްތެރިވި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ދިން ހަމަލާއެއްގައި ވެސް މީހަކު ވަނީ ޒަޚަމްވެފައެވެ.

ހަމައެއާއެކު، އިސްރާއީލުގެ ފައުޖުތަކުން ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކަށް ބޮޑުބަޑީގެ ހަމަލާތައް ވަނީ ދީފައެވެ. އަދި އަލް-ޝުޖާޢިއްޔާ ކައިރީގައާއި އަލް-ތުއްފާޙް ސަރަހައްދުގެ އިރުމަތީގައި ބާކީ ހުރި ގެދޮރުތައް ސުންނާފަތިކުރުމުގެ މަސައްކަތް ވެސް އިސްރާއީލުން ދަނީ ކުރަމުންނެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދަނީ ވައިގެ މަގުންނާއި ބޮޑުބަޑީގެ ހަމަލާތަކުގެ އިތުރުން ބަޑީގެ ހަމަލާތައް ދީ، އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންނެވެ.

https://wamco.com.mv/
tel:+9607331319